ދިވެހިރާއްޖެ
މި އިދާރާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ " ކާފް ފޯރަމް 2025" ގެ ފަރިއްކޮޅުގެ އެންމެހައި އިންތިޒާމްތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)232-PR/232/2025/20 އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 02 (ދޭއް) ފަރާތަކުންނެވެ. ހުށަހެޅިފައިވާ ބިޑްތައް، މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެމަތިން އެކުލަވާލާފައިވާ އިވެލުއޭޝަން ކޮމިޓީއާއި ބިޑް ކޮމެޓީން ބަލަންޖެހޭ ކަންތައްތަކަށް ބެލުމަށްފަހު، މިމަސައްކަތް ތިރީގައިވާ ފަރާތާ ހަވާލުކުރުމަށް ހަމަޖެހިފައިވާކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
ބީލަން ޙަވާލު ކުރަން ނިންމާފައިވާ ފަރާތް
ވިޔަފާރީގެ ނަން: ބަޔޯނީ ކެފޭ
ހުށަހަޅާފައިވާ އަގު: 187,758.00ރ. (އެއްލައްކަ އަށްޑިހަ ހަތްހާސް ހަތްސަތޭކަ ފަންސާސް އަށް ރުފިޔާ)
މި އިޢުލާން ކުރާ ތާރީޚުން ފެށިގެން ސްޓޭންޑް- ސްޓިލް މުއްދަތު ގުނަން ފެށޭނެއެވެ. މި މުއްދަތުގެ ތެރޭގައި،
- ބިޑު ހުށަހެޅި ފަރާތްތަކުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލަށް އެދެވިދާނެއެވެ. އަދި،
- މި ބީލަން، އެހެން ފަރާތަކާ ޙަވާލުކުރުމާމެދު އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާނަމަ، ޝަކުވާ ހުށަހެޅޭނެއެވެ.
މަތީގައި ދެންނެވުނު ކަންތައްތައް ކުރިއަށް ގެންދަންވާނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ 10.45 ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން 3 (ތިނެއް) ދުވަހުގެ ތެރޭގައެވެ. މިގޮތުން ހުށަހަޅާފައިވާ ބިޑުގެ އިވެލުއޭޝަން ކުރިއަށް ގެންގޮސްފައިވާ ގޮތުގެ ތަފްސީލް ނުވަތަ ބީލަމާގުޅިގެން ޝަކުވާ ހުށަހެޅުމަށް ކަނޑައެޅިފައިވާ އެންމެ ފަހު ތާރީޚަކީ 24 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 12:00 އެވެ. މި ތާރީޚްގައި ސްޓޭންޑް - ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްސީލް ހޯދުމަށް އެދޭއިރު، މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރު އެނގޭނެހެން [email protected] އަށް އީ-މެއިލްއަށް ހުށަހަޅަންވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.
