ދިވެހިރާއްޖެ
ފެންހިންދާ ކާނު ހެދުން
މިކައުންސިލުންދޭ މައުލުމާތާ އެއްގޮތަށް ފެންހިންދާ ކާނު ހެދުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މިމަސައްކަތްކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 19 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 26 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން ފޯމްފުރައިގެން ބީލަމުގައި ރަޖިސްޓްރީވުން އެދެމެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމު މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ބީލަމާ ގުޅިގެން ބިޑުހުށަހެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައި އެވަނީއެވެ.
|
|
ތަން |
ތާރީޚް |
ދުވަސް |
ގަޑި |
|
ޕްރީބިޑް މީޓިން |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
27 ނޮވެމްބަރ 2025 |
ބުރާސްފަތި |
11:00 |
|
ބިޑް ހުށަހެޅުން |
ތ.ހިރިލަންދޫ ކައުންސިލްގެ އިދާރާ |
01 ޑިސެމްބަރ 2025 |
ހޯމަ |
11:00 |
https://forms.gle/dTefmkyYGnghxZKp9
ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.
