ދިވެހިރާއްޖެ
އިޢުލާން
ވޮލީ ބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން 2026 ވަނަ އަހަރު ބާއްވާ " ރާއްޖެ ސުޕަރލީގް 2026 " ވޮލީ މުބާރާތުގައި ތުލުސްދޫ ކައުންސިލްގެ ފަރާތުން" ތުލުސްދޫ" ތަމްސީލް ކުރާނެ ވޮލީ 2 ޓީމް އަންހެން އަދި ފިރިހެން ޓީމެށް ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ.ވުމާއެކު "ތުލުސްދޫ ވޮލީ ޓީމަށް" ކުޅެން ބޭނުންވާ ކުޅުންތެރިން ނަން ނޯޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، " ތުލުސްދޫ ވޮލީ ޓީމަށް" ކުޅެން ޝައުޤުވެރިވާ ކުޅުންތެރިން،ޓީމުގައި ބައިވެރިވާން އެދޭ ފަރާތެއް ކަން ބަޔާންކޮށް 26 ނޮވެންބަރު 2025ވާބުދަ ދުވަހުގެ 13:00ގެ ކުރިން ގޫގަލް ފޯމް ލިންކު މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ޓީމަށް ކުޅުމަށް ނަން ނޯޓު ކުރައްވާ ކުޅުންތެރިންގެ ތެރެއިން ޓީމަށް ކުޅުންތެރިން ނަގާނީ މިފަހަރުގެ މުބަރާތުގައި ކައުންސިލުން ޓީމު ހަވާލުކުރާ ކޯޗުގެ އިރުޝާދުގެ ދަށުން ޓީމުގެ ކަންކަން ހިންގާ ބެލެހެއްޓުމަށް ހަވާލު ކުރެވޭ މެނޭޖްމަންޓުންނެވެ.
ލިންކް: https://forms.gle/ossWv4t94dUjSnZDA
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
