ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުރީފޭސް ކޭބަލް ވެއްދުމާބެހޭ

ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާއަށް ތުރީފޭސް ކޭބަލް ވެއްދުމާބެހޭ

ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާއަށް ތުރީފޭސް ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް މިކައުންސިލުން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރަން ބޭނުންވާ ފަރާތްތަކުން 18 ނޮވެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00 އަށް ކުނަހަންދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 23 ނޮވެންބަރު 2015 ވާ އާދީއްތަ  13:00 އަށް އަންދާސީހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. ގަޑިއަށް މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަނާޅާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެ ވާހަކަ ދަންނަވަމެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

16 މުޙައްރަމް 1437

29 އޮކްޓޫބަރު 2015
ހޯދާ