ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ސުކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2026ވަނަ އަހަރު ހިރިމަރަދޫ ސުކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
01 ޖެނުއަރީ 2026 ން 31 ޑިސެމްބަރ 2026 ގެ ނިޔަލަށް (1 އަހަރަށް) މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 20 ނޮވެމްބަރ 2025 އިން 27 ނޮވެމްބަރ 2025 އަށް ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އަށް މި ސްކޫލަށް ވަޑައިގެން ނުވަތަ ސްކޫލުގެ އީމެއިލް [email protected] އަށް މެއިލްކޮށްގެން (މެއިލްކޮށްފިނަމަ ސްކޫލަށް މެއިލް ލިބުންކަން ކަށަވަރު ކުރަށްވާނެ) ބީލަން ހުށަހެޅުމަށް ރަޖިސްޓްރީކުރުމަށް ދަންނަވަމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުމަށް ފޮނުވާ އީމެއިލްގައި ، އިޢުލާން ނަންބަރ ، ގުޅޭނެ ފޯނު ނަންބަރާއި މީހާގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އައި.ޑީ.ކާޑް ނަންބަރ ޖެހުމަށް ފަހު ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ އެއް އެޓޭޗް ކުރެވިފައި އޮންނަންވާނެއެވެ.
- މި ބީލަމާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް 30 ނޮވެމްބަރ 2025ގެ ކުރިން ތިރީގައިވާ ފޯނު ނަންބަރަށް ގުޅުއްވުން ނުވަތަ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މި ޕްރޮޖެކްޓާއި ބެހޭގޮތުން ޕްރީބިޑް މީޓިންއެއް ބޭއްވުމަށް ހަމަޖެހިފައެއް ނުވެއެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 02 ޑިސެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި ސްކޫލްގައެވެ.
- މި މަސައްކަތާއި ގުޅޭ މައުލޫމާތު ކަރުދާސް ބީލަން ފޮތުގައި ހިމަނާފައިވާނެއެވެ. ބީލަން ފޮތް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހިރިމަރަދޫ ސްކޫލް
ހދ.ހިރިމަރަދޫ، ދިވެހިރާއްޖެ
ފޯން: 6520536 / 9812311
އީ-މެއިލް: [email protected]
19 ނޮވެންބަރު 2025
ހޯދާ
