މޯލްޑިވްސް އިމިގްރޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް "އީ-ވީޒާ" ގެ ޚިދުމަތް ތަޢާރަފުކުރުމާ ގުޅޭ

އިޢުލާން

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް "އީ-ވީޒާ" ގެ ޚިދުމަތް ތަޢާރަފުކުރުމާ ގުޅޭ

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީ ފަރާތްތަކަށް ދޫކުރެވޭ ވީޒާއާގުޅޭ ހުރިހާ ޚިދުމަތްތަކެއް "އޮންލައިން" ކުރެވި، އީ-ވީޒާގެ ޚިދުމަތް ތަޢާރަފުކުރުމާއި ގުޅިގެން ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ވީޒާ ދޫކުރުމާގުޅޭ ޚިދުމަތްތަކަށް 2025 ނޮވެމްބަރު  23 ވަނަ ދުވަހުން ފެށިގެން އަންނާނެ މައިގަނޑު ބަދަލުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

 ވާރކް ވީޒާ

 

  1. ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި އުޅޭ ބިދޭސީންގެ ޕާސްޕޯޓު މި އިދާރާގެ ކައުންޓަރަށް ހުށަހަޅައިގެން ވީޒާ ޖެހުމުގެ ބަދަލުގައި، 2025 ނޮވެމްބަރު  23 ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ދޫކުރެވޭނީ އީ-ވީޒާއެކެވެ.
  2. ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް 2025 ނޮވެމްބަރު  23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، 2025 ނޮވެމްބަރު  23 ވަނަ ދުވަހުން ފެށިގެން އެ ބިދޭސީންގެ ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާ އަށް ބަދަލުވާނެއެވެ. އަދި، ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ޕާސްޕޯޓުގައި ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް އޮތް ނަމަވެސް، އެ ވީޒާއަކީ "ވެލިޑް" ވީޒާއެއް ކަމުގައި ނުބެލެވޭނެއެވެ.
  3. ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ "ވެލިޑް" ވާރކް ވީޒާ ކަމުގައި 2025 ނޮވެމްބަރު  23 ވަނަ ދުވަހުން ފެށިގެން ބަލާނީ އެ ބިދޭސީންނަށް ދޫކުރެވޭ އީ-ވީޒާ އެވެ.
  4. ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކަށް 2025 ނޮވެމްބަރު  23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް ޕާސްޕޯޓުގައި އޮތްނަމަ، 2025 ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން އެ ބިދޭސީއެއްގެ ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާ އަށް ބަދަލުވާއިރު އެ ބިދޭސީއެއްގެ އީ-ވީޒާގެ ވެލިޑިޓީ ބިނާވާނީ އެ ބިދޭސީއެއްގެ ވާރކް ޕާރމިޓްގެ ވެލިޑިޓީއަށެވެ.
  5. ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއަކަށް 2025 ނޮވެމްބަރު  23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ވާރކް ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، 2025 ނޮވެމްބަރު  23 ވަނަ ދުވަހުން ފެށިގެން ވާރކް ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށެވެ.
  6. ރާއްޖޭގައި ވާރކް ޕާރމިޓް ލިބިގެން މަސައްކަތްކުރާ ބިދޭސީންނަށް 2025 ނޮވެމްބަރު  23 ވަނަ ދުވަހުގެ ކުރިން ދޫކޮށްފައިވާ ވާރކް ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، 2025 ނޮވެމްބަރު  23 ވަނަ ދުވަހުން ފެށިގެން ވާރކް ވީޒާގައި ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވީޒާއެއް އޮތް ބިދޭސީންނަށެވެ.
  7. އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެއަންނަ ބިދޭސީއެއްނަމަ، އެ ބިދޭސީއަކަށް ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ އެ ބިދޭސީއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް" އެއް ލިބިފައިވާ ބިދޭސީއެއް ނަމައެވެ.
  8. އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް އެތެރެވާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ވާރކް ވީޒާއަށް އެދި ހުށަހެޅުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެކެވެ.
  9. އަލަށް ވާރކް ޕާރމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެއަށް އެތެރެވާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ވާރކް ވީޒާގެ މަރުހަލާ ފުރިހަމަނުކުރެވި ރާއްޖޭން ފުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެ ބިދޭސީއެއް ވާރކް ޕާރމިޓްގައި ވެލިޑިޓީ އޮތްނަމަ އެފަދަ ބިދޭސީއަކަށް ރާއްޖޭން ފުރުމުގެ ހުއްދަދެވޭނެއެވެ. މިފަދަ ހާލަތްތަކުގައި ވާރކް ވީޒާގެ މަރުހަލާ ފުރިހަމަނުކޮށް ރާއްޖޭން ފުރައިގެން ދެވޭނީ އެ ބިދޭސީއަކު ރާއްޖެއަށް އެތެރެވާ ތާރީހުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި 01 (އެކެއް) ފަހަރުއެވެ.  
  10. ވާރކް ޕާރމިޓް ލިބިގެން ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް 2025 ނޮވެމްބަރު  23 ގެ ކުރިން ދޫކޮށްފައިވާ ވާރކް ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަވެސް، 2025 ނޮވެމްބަރު  23 ވަނަ ދުވަހުން ފެށިގެން އެ ބިދޭސީންގެ ވާރކް ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާއަށް ބަދަލުވުމުން، އެ ބިދޭސީއެއްގެ އީ-ވީޒާގެ މުއްދަތު އޮތްތޯ ކަށަވަރުކުރުމަކީ އެ ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތްކަމަށް އެކްސްޕެޓް އޮންލައިން ސިސްޓަމުގައި ރަޖިސްޓަރީވެފައިވާ ފަރާތުގެ ޒިންމާއެކެވެ.
  11. 2025 ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން ވާރކް ވީޒާއަށް އެދި ހުށަހަޅުއްވާނީ  www.immigration.gov.mv މެދުވެރިކޮށެވެ.

ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާތައް

  1. ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ  ޕާސްޕޯޓު މި އިދާރާގެ ކައުންޓަރަށް ހުށަހަޅައިގެން ވީޒާ ޖެހުމުގެ ބަދަލުގައި، 2025 ނޮވެމްބަރު  23 ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ދޫކުރެވޭނީ އީ-ވީޒާއެކެވެ.
  2. ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް 2025 ނޮވެމްބަރު  23 ވަނަ ދުވަހުން ފެށިގެން އީ-ވީޒާ ދޫކުރެވުނު ނަމަވެސް، 2025 ނޮވެމްބަރު  23 ގެ ކުރިން އެ ފަރާތްތަކަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސިންގަލް/މަލްޓިޕަލް އެންޓްރީ ވީޒާ ސިސްޓަމް ތެރެއިން އޮޓަމެޓިކުން އީ-ވީޒާ އަށް ބަދަލެއް ނުވާނެއެވެ.
  3. ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް 2025 ނޮވެމްބަރު  23 ވަނަ ދުވަހުން ފެށިގެން އީ-ވީޒާ ދޫކުރެވުނު ނަމަވެސް، 2025 ނޮވެމްބަރު  23 ގެ ކުރިން އެ ފަރާތްތަކަށް ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސިންގަލް/މަލްޓިޕަލް އެންޓްރީ ވީޒާއެއް އޮތްނަމަ، އެ ވީޒާގެ މުއްދަތު ހަމަވަންދެން އެވީޒާގެ ސައްހަކަން ދެމި އޮންނާނެއެވެ.
  4. ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް 2025 ނޮވެމްބަރު  23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސިންގަލް/މަލްޓިޕަލް އެންޓްރީ ވީޒާއެއް އޮތްނަމަ، އެފަދަ ފަރާތްތަކުން އީ-ވީޒާއަށް އެދި ހުށަހަޅުއްވާނީ މިހާރު ދޫކޮށްފައިވާ ވީޒާގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަސް ކުރިންނެވެ.
  5. ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް 2025 ނޮވެމްބަރު  23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ މަލްޓިޕަލް އެންޓްރީ ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަ،  އެ ވީޒާގެ މުއްދަތުގެ ތެރޭގައި އެ ވީޒާގައި ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނެއެވެ.
  6. ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާގައި ރާއްޖޭގައި އުޅޭ ބިދޭސީންނަށް 2025 ނޮވެމްބަރު  23 ގެ ކުރިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ސިންގަލް/މަލްޓިޕަލް އެންޓްރީ ވީޒާއެއް ޕާސްޕޯޓުގައި އޮތް ނަމަ، އެ ވީޒާގެ މުއްދަތުގެ ތެރޭގައި ރާއްޖޭން ފުރުމުގެ ހުއްދަ ދެވޭނެއެވެ.
  7. 2025 ނޮވެމްބަރު 23 ވަނަ ދުވަހުން ފެށިގެން ވާރކް ވީޒާ ފިޔަވައި އެހެނިހެން ވީޒާތަކަށް އެދި ހުށަހަޅުއްވާނީ  www.immigration.gov.mvމެދުވެރިކޮށެވެ. 

އަދި ދަންނަވަމެވެ. އެކި ބޭނުންތަކުގައި ރާއްޖޭގައި އުޅޭ ބިދޭސީންގެ ވީޒާ ޖެހުމަށް 2025 ނޮވެމްބަރު 23 ގެ ކުރިން މި އިދާރާއަށް ހުށަހަޅުއްވާފައިވާ ޕާސްޕޯޓުތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ ނުނަންގަވާ ހުރި ޕާސްޕޯޓުތައް ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:30 އިން މެންދުރު 13:30 އަށް މި އިދާރާގެ ވީޒާ ޑިވިޜަން (ސްޓާރ ކްލައުޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ) އިން ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ.

މީގެ އިތުރުން، 2025 ނޮވެމްބަރު  23ވަނަ ދުވަހުން ފެށިގެން www.immigration.gov.mv/visa/status މެދުވެރިކޮށް އީ-ވީޒާގެ ސައްހަކަން ކަށަވަރު ކުރެވޭނެއެވެ. އަދި، އީ-ވީޒާގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތުތައް މިއިދާރާގެ އެކި ޕްލެޓްފޯމްތަކުގައި ޝާއިޢުކުރެވިގެންދާނެއެވެ. އީ-ވީޒާގެ ޚިދުމަތްތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 1434، 9199157 ނުވަތަ 9919153  އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކުރައްވައިގެން އެ މަޢުލޫމާތު ސާފުކުރެއްވުމަށް ދެންނެވީމެވެ.

 

19 ނޮވެންބަރު 2025
ހޯދާ