ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވާރކް ޕާރމިޓް މެނޭޖްމަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.
މި އިޢުލާނަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވާރކް ޕާރމިޓް މެނޭޖްމަންޓުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ އިޢުލާނެކެވެ. މި އިޢުލާނާ ގުޅިގެން މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ތަފްޞީލު މި ބީލަމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކާއި ހިއްސާކުރެވޭނެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަރުތު ހަމަވާ ފަރާތްތަކަށް މި ބީލަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ބީލަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް
- ޚިދުމަތް/ތަކެތި ފޯރުކޮށްދޭ ފަރާތަކީ ސަރުކާރުގެ ޤަވާއިދާ އެއްގޮތްވާގޮތުގެ މަތީން، ސަރުކާރުގެ ތަންތަނަށް މަސައްކަތް ކޮށްދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއް ކަމުގައިވާން ވާނެއެވެ.
- މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން ރެޖިސްޓްރޭޝަން ލިންކްhttps://forms.gle/EdounVV3oYQhEgdb9 މެދުވެރިކޮށް 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 30 ނޮވެންބަރު 2025 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ރަޖިސްޓްރޭޝަން ފޯމު ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
- ފޯމު ފުރިހަމަ ކުރެއްވުމުން ކޮންފޮމޭޝަން މެސެޖް އީ-މެއިލްގެ ޒަރީއާއިން ލިބި ނުލައްވާނަމަ، ރަސްމީ ގަޑީގައި މި ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ނަންބަރު 6524029 / 6528180 އަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
- މި ބީލަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތުގެ ތަފްޞީލު، މި ބީލަމުގައި ރަޖިސްޓްރީ ވުމުން ފޮނުވޭ ކޮންފޮމޭޝަން މެސެޖާއި ރަޖިސްޓަރ ކުރައްވާ ފަރާތާއި ހިއްސާކުރެވޭނެއެވެ. އަދި އީ-މެއިލްގެ ޒަރީއާއިން މި މަޢުލޫމާތު ލިބި ނުލައްވާނަމަ ރަސްމީ ގަޑީގައި މި ހޮސްޕިޓަލަށް ގުޅުއްވައި އެކަން އެންގުމަށްވެސް ދެންނެވީމެވެ.
- މި އިޢުލާނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ސާފުކުރަން ބޭނުންފުޅުވެލައްވާނަމަ، 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުން ފެށިގެން 1 ޑިސެންބަރު 2025 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ސަބްޖެކްޓުގައި އިޢުލާން ނަންބަރު ޖެއްސެވުމަށްފަހު،[email protected] އަށް އީ-މެއިލް ފޮނުއްވުން އެދެމެވެ. އަދި އީ-މެއިލް ފޮނުވުމަށްފަހު މެއިލް ލިބުނުކަން ޔަޤީން ކުރެއްވުމަކީ ބީލަމުގައި ބައިވެރިވާން އެދޭ ފަރާތުގެ ޒިންމާއެކެވެ.
- ބީލަން ހުށަހެޅުމުގައި މި ބީލަމާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް ރަނގަޅަށް ކިޔާ ދިރާސާކުރުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
- ބީލަން ހުށަހަޅާއިރު ހުށަހަޅަންވާނީ ބީލަން ހުށަހެޅުމަށް އިރުޝާދު ދެވިފައިވާ ގޮތަށް ކަމުގައި ދަންނަވަމެވެ.
- ރަޖިސްޓްރީ ކުރައްވާފައި ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް ދަންނަވަމެވެ.
ބީލަން ހުށަހެޅުން
- ތަން: އަލިމަސް މާލަން (ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މީޓިންގ ރޫމް)
- ތާރީޚް: 7 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަސް
- ގަޑި: 11:00 ގައި
19 ނޮވެންބަރު 2025
ހޯދާ
