ދިވެހިރާއްޖެ
މި އިޢުލާންވަނީ 18 ނޮވެންބަރު 2025 15:04 ގައި ބާތިލް ކުރެވިފައެވެ.
ކ.ތުލުސްދޫ އިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމަށް މިކައުންސިލުން ކޮށްފައިވާ ނަންބަރ (IUL)333/333/2023/108 އިއުލާނާއި ގުޅިގެން ގޯއްޗަށް އެދި ކުރިމަތިލާފައިވާ ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކުރީމެވެ.
ލިސްޓްގެ 01 (އެކެއް) ވަނައިގައި ވާ ގޯތި ފޯމް ނަންބަރ GF-2023/06 ކ. ތުލުސްދޫ ޝޭޑީސައިޑް އިބްރާހީމް ލަތީފުގެ ގޯތި ހައިކޯޓްގެ އިސްތިއުނާފް މަރުހަލާގައި އޮތުމުން، އެފަރާތައްވާ ގޯތި ދިނުން މަޑުޖައްސާލައި މިހާރު ދޫކުރުމަށް ހަމަޖެހިފައިވަނީ 74 ގޯތި ކަމުގައި އެންމެހާ ބޭފުޅުންގެ މަޢުލޫމާތައްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
