އަރިއަތޮޅު ދެކުނުބުރީ މަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ދަތުރު ކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެ
"ކައުންސިލް ކަޕް 2025" ފުޓްސަލް މުބާރާތުގެ ފަނޑިޔާރުކަން ކޮށްދިނުމަށްޓަކައި ގެނައުމަށް ހަމަޖެހިފައިވާ 3 (ތިނެއް) ރެފްރީން ދަތުރުކުރާނެ އުޅަނދެއް ހޯދަން ބޭނުންވެއްޖެއެވެ. އެގޮތުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ އދ.މަންދޫއާއި އދ.މަހިބަދޫއާއި ދެމެދުގައެވެ. އެހެންކަމުން މިދެންނެވި ދަތުރުތައް ކޮށްދެވޭނެ އެކަށީގެންވާ ހިޔާގަނޑުޖެހި ސްޕީޑް ލޯންޗެއް ހޯދުމަށް މިކައުންސިލުން ބޭނުންވެއެވެ.
ވީމާ، މިދަތުރުތައް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ޑިސެމްބަރ 2025 ވާ ބުދަ ދުވަހުގެ 10:30 ގެ ކުރިން އުޅަނދުގެ މަޢުލޫމާތާއި ދަތުރު ކޮށްދެވޭނެ އަގު ބަޔާންކޮށް ސިޓީއަކުން ނުވަތަ ކޯޓޭޝަންއަކުން މިއިދާރާއަށް އަންގަވައިދެއްވުން އެދެމެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރަމެވެ.
18 ނޮވެންބަރު 2025
ހޯދާ
