ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެމް.ޓީ.ސީ.ސީ.ގެ މުވައްޒަފުން ތިބުމަށް 03 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފުމާބެހޭ

އިޢުލާން

އެމް.ޓީ.ސީ.ސީ.ގެ މުވައްޒަފުން ތިބުމަށް 03 ކޮޓަރީގެ ގެއެއް ކުއްޔަށް ހިފުމާބެހޭ

އެމް.ޓީ.ސީ.ސީ. އިން ލ. ކުނަހަންދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ކުނަހަންދޫ ޝޯރ ޕްރޮޓެކްޝަން ސްޓްރަކްޗަރސް ޕްރޮޖެކްޓް" ގެ މަސައްކަތް ކުރުމަށް ލ. ކުނަހަންދޫގައި އެމް.ޓީ.ސީ.ސީ.ގެ މުވައްޒފުން ތިބުމަށް 03 ކޮޓަރި، 03 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭގޮތަށް، 03 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. 

ވީމާ، 03 ކޮޓަރި، 03 ފާޚާނާ، ސިޓިންގރޫމް އަދި ބަދިގެއާއި، ކާތަން ހިމެނޭގޮތަށް ގެއެއް ކުއްޔަށް ދޫކުރުމަށް އެދޭ ފަރާތްތަކުން 23 ނޮވެމްބަރު 2025 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި އިދާރާއަށް ލިޔުމުން އަގު ހުށައެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ، މި އިދާރާގެ އީމެއިލް [email protected] އަށް ފޮނުވުން އެދެމެވެ. އިދާރާއަށް ދުރުވެ އަގު ހުށަހަޅުއްވަނަމަ، އަގު ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަގާއެކު ގޭގެ ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ ހުށަހަޅުއްވަން ވާނެއެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.         

    18 ނޮވެމްބަރު 2025                                             

18 ނޮވެންބަރު 2025
ހޯދާ