ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަލަށް ފާޚާނާއެއް ހެދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

މި މަރުކަޒުގެ ސެންކްލާހުގެ ދަރިވަރުން ބޭނުން ކުރުމަށް އަލަށް ފާޚާނާއެއް ހެދުމަށް ކުރެވުނު ނަންބަރު: GS37/2015/40 ގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އިޢުލާނު ބާޠިލުކޮށް، އަލުން އެކަމަށް އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ތާރީޚަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މަޢުލޫމާތު ސާފުކުރުމާއި، އަންދާސީހިސާބު ހުށަހެޅުން.

އާ އޮފީސް ޢިމާރާތުގެ މީޓިންގރޫމުގައި

މައުލޫމާތު ސާފުކުރެއްވުން.

19 ނޮވެންބަރު 2015 ވަނަ ދުވަހުގެ 10:30 ގައި

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން.

26 ނޮވެންބަރު 2015 ވަނަ ދުވަހުގެ 10:30 ގައި

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބާއި، އަދި ގަޑިޖެހިގެން ގެންނަ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

01 ނޮވެންބަރު 2015
ހޯދާ