ތުރާކުނު ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މަސައްކަތްތައް ކުރުމަށް
އަންދާސީހިސާބު ބޭނުންވެއްޖެ
މިމަދަރުސާގެ ނަންބަރު GS-86/2015/11ފ(12 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ. އެގޮތުން، މި މަދަރުސާގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެއެވެ.
1. މިމަދަރުސާގެ ބައު އިމާރާތުގެ ކްލާސްރޫމްތަކުގެ ތަޅުން ބަދަލުކުރުން
2. މިމަދަރުސާގެ ފާޚާނާގެ ފެންލައިޓްތައް މަރާމާތުކުރުން
3. މިމަދަރުސާގެ ބައު އިމާރާތުގެ ކަރަންޓްވައިރު ބަދަލުކުރުން
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިމަދަރުސާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން |
12 ނޮވެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00އަށް |
16 ނޮވެންބަރު 2015 (ހޯމަ) ދުވަހުގެ 10:00އަށް |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6500547 ފޯނާ ގުޅުއްވުން އެދެމެވެ.
16 މުޙައްރަމް 1437
29 އޮކްޓޫބަރު 2015
ހޯދާ