ދިވެހިރާއްޖެ
އދ.މަންދޫގެ ރައްޔިތުންގެ ހިއްތަކުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި ކިޔުމާއި ހުށަހެޅުމުގެ ފަންނު އާލާކޮށް، ދިރުވައި ފެތުރުވުމުގެ މަޤްޞަދުގައި "އދ.މަންދޫ ކައުންސިލްގެ ފުރަތަމަ މަދަހަ މުބާރާތް 2025" ގެނަމުގައި 08 ޑިސެންބަރު 2025 ގައި މަދަހަ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ބައިވެރިވުމުގެ ޝަޢުގުވެރިކަންހުރި ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 30 ނޮވެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.
މުބާރާތުގައި ހޮވޭ ވަނަތަކަށް ދެވޭ އިނާމު:
9.1 މުޅި މުބާރާތުން:
(ހ) 1 ވަނަ އަށް 3،000ރ (ތިންހާސް ރުފިޔާ، ޓްރޮފީ އަދި ހަނދާނީލިޔުން)
(ށ) 2 ވަނަ އަށް 2،000ރ (ދެހާސް ރުފިޔާ، ޓްރޮފީ އަދި ހަނދާނީލިޔުން)
(ނ) 3 ވަނަ އަށް 1،500ރ (އެއްހާސް ފައްސަތޭކަ ރުފިޔާ، ޓްރޮފީ އަދި ހަނދާނީލިޔުން)
9.2 ކޮންމެ ކީސްޓޭޖަކުން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ (ޓްރޮފީ އަދި ހަނދާނީލިޔުން)
9.3 އާންމުންގެ ބައިން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ (ޓްރޮފީ އަދި ހަނދާނީލިޔުން)
9.4 ގްރޫޕް މަދަހައިން 1 ވަނަ، 2 ވަނަ، އަދި 3 ވަނަ (ޓްރޮފީ އަދި ހަނދާނީލިޔުން)
މިމުބާރާތުގައި ވާދަކުރެވޭ ބައިތަކާއި، އުމުރުފުރާތައް ތިރީގައި އެވަނީއެވެ. އަދި މި އިޢުލާނާއިއެކު މިމުބާރާތުގެ ޤަވާޢިދު ޢާންމު ކުރި ވާހަކަ ދެންނެވީމެވެ.
މުބާރާތުގައި ވާދަކުރެވޭ ބައިތައް:
- އަމިއްލަ މަދަހަ
- ގުރޫޕް މަދަހަ: ގުރޫޕް މަދަހައިގައި ހުށަހެޅުމަށް މަދުވެގެން 03 (ތިނެއް) އަދި ގިނަވެގެން 10 (ދިހައެއް) ހުށަހެޅުންތެރިން ބައިވެރިވާން ވާނެއެވެ.
މުބާރާތުގެ ޢުމުރުފުރާތައް:
ސްކޫލްކުދިންގެ ބައި:
- ފައުންޑޭޝަން
- ކީ ސްޓޭޖް 1
- ކީ ސްޓޭޖް 2
- ކީ ސްޓޭޖް 3
- ކީ ސްޓޭޖް 4
އާއްމުންގެ ބައި:
- 16 އަހަރުން މަތި
ނޯޓް: ބައިވެރިވުމަށް އެދޭ ފޯމްގެ ގޫގަލް ލިންކް : https://forms.gle/Uui79jJVYTy1dBoT8
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
