މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގު ކުނިކަހާ ސާފުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުން

އިޢުލާން

މަގު ކުނިކަހާ ސާފުކޮށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުން

         މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތައް މިއިޢުލާނާއިއެކު އާންމުކުރެވިފައިވާ މަގުތައް 03 މަސްދުވަހުގެ މުއްދަތައް ކުނިކަހާ ސާފުކޮށް ބަލަހައްޓްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

        ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 20 ނޮވެމްބަރ 2025ވާ ދުވަހުގެ 11:00 އަށް ށ.ފޭދޫ ކައުންސިލްގެ އިދާރާ، ފިނިވާމަގު/ށ.ފޭދޫ އަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މިއިޢުލާނާއިއެކު ކުނިކަހާ ބަލަހައްޓަންޖެހޭ މަގުގެ މަޢުލޫމާތު ކަރުދާހާއި، އަގުހުށަހަޅާ ފޯމް އާންމުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

         އަގުހުށަހަޅާ ފޯމް ހުންނަންޖެހޭނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ހުޅައަޅާފަރާތުގެ ނަމާއި އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ.

18 ނޮވެންބަރު 2025
ހޯދާ