އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026އާ ގުޅިގެން އޮފިޝަލުން ހޯދުމަށް

 (IUL)38-BB/38/2025/223 :ނަންބަރު

އިޢުލާން

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.

https://my.elections.gov.mv

ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް

  • ޕޯޓަލްއަށް ލޮގިން ކުރެވޭނީ ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށެވެ.
  • އީ-ފާސް މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވުމަށްފަހު އީ-ފާސްގެ މަޢުލޫމާތު ޕޯޓަލްއަށް ދިނުމަށް ހުއްދަ (Permission) ދޭންވާނެއެވެ.
  • ޕޯޓަލްއަށް އަޕްލޯޑްކުރެވޭނީ ހަމައެކަނި ޕީ.ޑީ.އެފް ފައިލްއެވެ.
  • ޕޯޓަލްއަށް ފޯމު އަޕްލޯޑުވުމުން ފޯމުގެ ސްޓޭޓަސް ޕޯޓަލްއިން ފެންނާނެއެވެ.

ޝަރުތު:

  • ޢުމުރުން 18 އަހަރުވެފައިވުން.
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިންތިޚާބީ މަޤާމެއް ނުވަތަ ޕާޓީގެ ފަރާތުން އައްޔަންކޮށްފައިވާ މަޤާމެއް ފުރާ މީހެއް ކަމުގައި ނުވުން.
  • ސިޔާސީ ޙަރަކާތްތަކުގައި އިސް ރޯލެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
  • އެއްވެސް ކެންޑިޑޭޓެއްގެ ކެންޕޭން ޙަރަކާތްތަކުގައި ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  • އިންތިޚާބަށް ކުރިމަތިލާ އެއްވެސް ކެންޑިޑޭޓެއްގެ ޢާއިލީ މެމްބަރެއް ކަމުގައި ނުވުން. (ޢާއިލީ މެމްބަރެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ، އަނތްބެއް، ފިރިއެއް، ދަރިއެއް، އެއްބަނޑު އެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ ކޮންމެ މީހެއް).
  • އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓެއް، ކެންޑިޑޭޓެއްގެ މަންދޫބެއް، އޮބްޒާވަރެއް ނުވަތަ މޮނިޓަރެއްގެ ގޮތުގައި ކުރިމަތިލައި ފައިވާ މީހަކު ކަމުގައި ނުވުން.
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.
  • ތެދުވެރިކަމާ އަމާނާތްތެރިކަމާއެކު ވަކި ފަރާތަކަށް ނުޖެހި މަސައްކަތްކުރެވޭނެ މީހަކު ކަމުގައިވުން.
  • އޮފިޝަލެއްގެ ގޮތުގައި އައްޔަންކުރާ ފަރާތަކީ ވޭތުވެދިޔަ އިންތިޚާބެއްގައި އެއްވެސް މައްސަލައެއް ދިމާވެ، ބްލެކްލިސްޓް ކޮށްފައިވާ ފަރާތެއްކަމުގައި ނުވުން.
  • ސްކޫލު ދަރިވަރަކު ކަމުގައި ނުވުން.
  • އިލެކްޝަންސް ކޮމިޝަނުން ބޭއްވި އެއްވެސް އިންތިޚާބެއްގައި އެއްވެސް މައްސަލައެއް ދިމާވެ އެފަރާތަކާ މެދު  އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅުއަޅައި އަދި އެފިޔަވަޅު ދެމިއޮތް ފަރާތެއްކަމުގައި ނުވުން.

 

އުޖޫރަ:(މި އުޖޫރަ ލިބޭނީ ޓްރެއިނިންގ ފުރިހަމަކޮށް ވޯޓުލާދުވަހު ކަނޑައެޅިފައިވާ މަޤާމުގައި މަސައްކަތްކުރުމުން)

މަޤާމު

އޮފިޝަލް އެލަވަންސް

މި އިންތިޚާބަށް ކަނޑައެޅިފައިވާ ހާއްސަ އެލަވަންސް

ޓްރެއިނިންގ އެލަވަންސް

ފޯނު އެލަވަންސް

ޖުމްލަ

 ވޯޓުލާ މަރުކަޒުގެ ވެރިޔާ

-/1800ރ

-/700ރ

-/300ރ

-/100ރ

-/2900ރ

 ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ

-/1600ރ

-/700ރ

-/300ރ

-

-/2600ރ

 ވޯޓުލާ މަރުކަޒުގެ އޮފިޝަލް

-/1500ރ

-/500ރ

-/300ރ

-

-/2300ރ

 ވޯޓުލާ މަރުކަޒުގެ ގުނާ އޮފިޝަލް

-/1500ރ

 

-/300ރ

-

-/1800ރ

ރިޒާވް އޮފިޝަލް

-/700ރ

-

-/300ރ

-

-/1000ރ

  • މަތީގައިވާ އުޖޫރައަކީ އޮފިޝަލް އެލަވަންސް، މި އިންތިޚާބަށް ކަނޑައެޅިފައިވާ ހާއްސަ އެލަވަންސް، ޓްރެއިނިންގ އެލަވަންސް އަދި ފޯނު އެލަވަންސް ހިމެނޭގޮތަށް އޮފިޝަލަކަށް ޖުމްލަ ލިބޭނެ އަދަދެވެ. އަދި މީގެ އިތުރުން ތިރީގައިވާ ގޮތުގެ މަތިން ކޮއްތު ފައިސާ އާއި އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

އިތުރުގަޑީގެ ފައިސާ:

  • 18 ގަޑިއިރަށްވުރެ އިތުރުވާ ކޮންމެ ގަޑިއަކަށް ތިރީގައިވާ ގޮތުގެމަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމު

އިތުރުގަޑީގެ ފައިސާ (ގަޑި އިރަކަށް)

 ވޯޓުލާ މަރުކަޒުގެ ވެރިޔާ

-/100ރ (ސަތޭކަ ރުފިޔާ)

 ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާ

-/75ރ (ހަތްދިހަ ފަސް ރުފިޔާ)

 ވޯޓުލާ މަރުކަޒުގެ އޮފިޝަލް

-/50ރ (ފަންސާސް ރުފިޔާ)

 ވޯޓުލާ މަރުކަޒުގެ ގުނާ އޮފިޝަލް

-/50ރ (ފަންސާސް ރުފިޔާ)

ރިޒާވް އޮފިޝަލް

ވޯޓުލާ ނިމުމުގެ ކުރީގެ ގަޑިއެއްގައި އޮފިޝަލަކު ބަދަލުކުރަން ޖެހިއްޖެނަމަ އެމަޤާމަށް ރިޒާވް އޮފިޝަލުންގެ ތެރެއިން އޮފިޝަލަކު ހަމަޖައްސާ ހާލަތުގައި އިތުރުގަޑީގެ ފައިސާ ދެވޭނީ އެ އޮފިޝަލަކަށް ކަނޑައެޅިފައިވާ ރޭޓުންނެވެ.

 

ކޮއްތު ފައިސާ:

  • އިންތިޚާބުތަކުގައި މަސައްކަތްކުރާ އޮފިޝަލުންނަށް މަސައްކަތުގެ ވަގުތަށް ބަލައި ކެއުމާއި ސައި ކޮމިޝަނުން ހަމަޖައްސައިނުދޭނަމަ ތިރީގައިވާ ރޭޓުތަކުގައި ކެއުމާއި ސަޔަށްވާ ފައިސާ އޮފިޝަލުންގެ އެލަވަންސްއާއެކު ޖަމާކުރެވޭނެއެވެ.

ވަގުތު

ރޭޓް

ހެނދުނު ސައި (ހެނދުނު 6:00 އިން 8:00 އަށް މަސައްކަތްކުރާނަމަ)

-/75ރ (ހަތްދިހަ ފަސް ރުފިޔާ)

މެންދުރު ކެއުން (12:00 އިން 14:00 އަށް މަސައްކަތްކުރާނަމަ)

-/100ރ (ސަތޭކަ ރުފިޔާ)

ހަވީރު ސައި (16:00 އިން 18:00 އަށް މަސައްކަތްކުރާނަމަ)

-/75ރ (ހަތްދިހަ ފަސް ރުފިޔާ)

ރޭގަނޑު ކެއުން (20:00 އިން 22:00 އަށް މަސައްކަތްކުރާނަމަ)

-/100ރ (ސަތޭކަ ރުފިޔާ)

ދަންވަރު ސައި (23:00 ގެ ފަހުން މަސައްކަތްކުރާނަމަ)

-/75ރ (ހަތްދިހަ ފަސް ރުފިޔާ)

  • މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޙާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. އަދި މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.
  • މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 2026 ޖަނަވަރީ 10 އާއި 2026 މާރިޗު 27  އާ ދެމެދުގައެވެ.

ނޯޓް:

  1. ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން ، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެއެވެ.
  2. އޮފިޝަލުން ނެގުމަށް ހަމަޖެހިފައިވަނީ އިންތިޚާބަށް ބޭނުންވާ އަދަދަށެވެ. މި އަދަދު ހަމަވުމުން އިތުރަށް އޮފިޝަލުން ނުނަގާނެއެވެ.
  3. އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ފަރާތްތައް ހަރަކާތްތެރިވާނެ ވޯޓުލާ މަރުކަޒާއި މަޤާމު ކަނޑައަޅާނީ އިލެކްޝަންސް ކޮމިޝަނުންނެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 3mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)
  • ވަނަވަރު (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 1mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)
  • ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން (ޕޯޓަލްގައި އެޓޭޗްކުރެވޭނީ 2mb އަށްވުރެ ކުޑަ ޕީ.ޑީ.އެފް ފައިލް)

ސުންގަޑި:

  • އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2025 ޑިސެންބަރ 21 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
  • ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމުގައި ދެންނެވީމެވެ.
17 ނޮވެންބަރު 2025
ހޯދާ