މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މިސްކިތު އެސިސްޓެންޓް ގްރޭޑް 1 (ވޭޖް އެމްޕްލޯއީމަންޓް)

ވަޒީފާގެ ފުރުސަތު

 

ތިރީގައި މިވާ މަޤާމަށް ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިކައުންސިލް އިދާރާގެ ބެލުމުގެދަށުގައިވާ މިރަށު މިސްކިތްތަކަށް އެކި ދުވަސްވަރު ވަގުތީ މަސައްކަތު މުވައްޒަފުން ބޭނުންވެއްޖެއެވެ.  

ނޯޓް: ނޭޝަނަލް ޕޭ ކޮމިޝަންގެ 29 އޮކްޓޯބަރ 2025 ގެ ސަރކިއުލާރއަށް ރިޔާއަތްކުރެވިފައިވެއެވެ.

 

މަޤާމް

ވަގުތީ މިސްކިތު އެސިސްޓެންޓް ގްރޭޑް 1 (ވޭޖް އެމްޕްލޯއީމަންޓް)

އޮފީސް / އިދާރާ

މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަސް ކައުންސިލްގެ އިދާރާ

ސެކްޝަން

އިކޮނޮމިކް، ސޯޝިއަލް، މުނިސިޕަލް، އެންޑް ޕްރޮޖެކްޓްސް ސެކްޝަން

މަސައްކަތް ކުރަން ޖެހޭނެތަން

މިސްކިތްތައް

މަސައްކަތު ގަޑި

ދުވާލަކު 05 ގަޑިއިރު މަސައްކަތް ކުރާގޮތަށް، ބަހާލައިގެން ކޮންމެ ނަމާދު ވަގުތަކަށް 30 މިނެޓް ހިމަނައިގެން

އުޖޫރަ

ގަޑިއިރަކަށް 45 ރުފިޔާ

ބޭނުންވާ އަދަދު

08 މުވައްޒަފުން

ހުށަހަޅަން ޖެހޭ ލިޔުންތައް / ޝަރުތުތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް ކިނޮޅަހު ކައުންސިލްގެ އިދާރާއިން ލިބެންހުންނާނެ އެވެ.)
  2. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިޔަން ކިޔަން އިނގޭނެފަދަ ލިޔުމެއް (ސްކޫލްގެ ލީވިންގ ސެޓްފިކެޓް / ރަސްމީ އިދާރާއަކުން ލިޔަން ކިޔަން އިނގޭކަން ބަޔާންކޮށް ދޫކޮށްފައިވާ ލިޔުން)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިސްކިތު އިމާރާތާއި އެ އިމާރާތް ހިމެނޭ ސަރަހައްދުގެ ސާފުތާހިރުކަން ބެލެހެއްޓުން.
  2. އިމާރާތުގެ އެތެރެ ކޮންމެ ނަމާދު ވަގުތަކަށް ކުނިކަހައި މޮޕްލައި ސާފުކުރުން.
  3. އިމާރާތުގެ ދޮރުތަކާއި، ދޮރުފަތްތައް އަދި ބިއްލޫރިތަކާއި ބިއްތަކުގައި ޖަހާފައިވާ މުށިތައް ސާފުކުރުން.
  4. މިސްކިތުގައި ބަހައްޓާފައި ހުންނަ ކަބަޑުތަކާއި، ޚަތިމް ހަރުތައްފަދަ ތަންތަނާއި ޚަތިމުތައް ފޮހެ ސާފުކުރުން.
  5. މިސްކިތުގައިގައި ހުންނަ ފަޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން.
  6. މިސްކިތުގައި ބޭނުންކުރާ ފަރުނީޗަރ، މެޝިނަރީ ފަދަ ތަކެތި ފޮހެ ސާފުކޮށް ބެލެހެއްޓުން.
  7. މިސްކިތު ގޯތި ތެރެ ކުނިކަހާ ގަސްނޮޅާ ސާފުކޮށް ބެލެހެއްޓުން.
  8. ކައުންސިލާއި ސެކްރެޓަރީ ޖެނެރަލްއިން އަންގާ ކަންކަން ކުރުމާއި ފުރިހަމައަށް އެއްބާރުލުން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖްރިބާ
  2. އިންޓަވިއު

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

25 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން މާޅޮސްމަޑުލު އުތުރުބުރީ ކިނޮޅަހު ކައުންސިލްގެ އިދާރާ އަށެވެ. ނުވަތަ އީމެއިލް [email protected]  އަށެވެ. މެއިލްއަށް ފޮނުވާ ލިޔެކިޔުންތައް ސާފުކޮށް ކިޔަން އިނގޭނެހެން ސްކޭންކުރުމަށް ހަނދާންކޮށްދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ. 

 

އިންޓަވިއު އާއި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ ބޭނުންވާ ޢަދަދަށްވުރެ އިތުރަށް ކުރިމަތިލާފައިވާނަމައެވެ. އެގޮތުން ބޭއްވޭ އިންޓަވިއު އޮންނާނީ 2025 ނޮވެމްބަރ 26 އާ 02 ޑިސެމްބަރ 2025 އާ ދެމެދު،  ރ. ކިނޮޅަހު ކައުންސިލް އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 4000312 ނަންބަރު ފޯނާއެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

26 ޖުމާދަލް އައުލާ 1447

17 ނޮވެމްބަރ 2025

17 ނޮވެންބަރު 2025
ހޯދާ