ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
މިމަރުކަޒުގެ ދަރިވަރުންގެ ވާރކިންގ ޔުނީފޯމު މިމަރުކަޒުން ދޭ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށް ދަރިވަރުންނަށް ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމަރުކަޒުގެ ނަންބަރު: GS26/2015/07ފ(05 ފެބުރުވަރީ 2015) އިޢުލާނާ ގުޅިގެން ހުށަހެޅިފައިވާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް އެގްރީމެންޓް ކުރެވިފައިވާ ފަރާތަށް ދެވިފައިވާ މުއްދަތުގައި މަސައްކަތް ނިންމިފައިނުވާތީ، އެއެގްރީމެންޓް ބާޠިލުކޮށް، މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފަސްވަނަފަހަރަށް އިޢުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00އަށް މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00އަށް އަންދާސީހިސާބު މިމަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.
މަސައްކަތް ހަވާލުކުރާ ފަރާތް ކަނޑައެޅުމަށް ޕޮއިންޓްދޭގޮތް:
މަސައްކަތުގެ އަގު (ވިއްކާ ރޭޓް ޖުމްލަ): %95
ތަޖުރިބާ: %5
20 މުޙައްރަމް 1437