ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްތަކަށް ބޭނުންވާ އުޅަނދުފަހަރު ކުއްޔަށް ހިފުން
މި ކޯޕަރޭޝަން އިން ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްތަކަށް ބޭނުންވާ ތިރީގައި މިދަންނަވާ އުޅަނދުފަހަރު ކުއްޔަށް ހިފުމަށް ކުރި ނަންބަރު: MRDC/IFB/2015/30 (19 އޮކްޓޫބަރު 2015) އިޢުލާނާ ގުޅިގެން ދީފައިވާ މަޢުލޫމާތަށް ބަދަލު ގެނައުމާ ގުޅިގެން، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
- 04 ދޯނި (99-90 ފޫޓް / 150 ޓަނަށްވުރެއް ކުޑަނޫން)
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 09 ނޮވެންބަރު 2015 ވާ (ހޯމަ) ދުވަހުގެ 13:00 އަށް މި ކޯޕަރޭޝަންގެ ހެޑް އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ނޮވެންބަރު 2015 ވާ (ބުރާސްފަތި) ދުވަހުގެ 13:00 އަށް އަގު ހުށަހެޅުއްވުން އެދެމެވެ.
މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ އެޑްރެހަށް ގުޅުއްވުން އެދެމެވެ. އަދި ބީލަން ހުށަޅަންވާނީވެސް މިއެޑްރެހަށެވެ.
މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ބްލޮކް ނަންބަރު 385، މާފަތްތަކުރުފާނުމަގު
ޕޯސްޓަލްކޯޑް: 20386
މާލެ، ދިވެހިރާއްޖެ
ފޯން ނަންބަރު: 9603320657 + ، 9609911606 +
ފެކްސް ނަންބަރު: 9603317133 +
20 މުޙައްރަމް 1437