ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލުރޯދި ދޯނީގެ އިންޖީނު ބީލަން އުޞޫލުން ވިއްކާލުން

ވިލުފުށީ ރައްޔިތުންގެ "ވިލުރޯދި" ދޯނިން ނެގި ޔަންމާ350 ހޯސްޕަވަރުގެ އިންޖީނު ވިއްކާލުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ބީލަން ފޯމް ހުށަހެޅުއްވުންއެދެމެވެ. ބީލަން އުޞޫލުން އިންޖީން ވިއްކާލުމާއި ގުޅޭ ބީލަން ކަރުދާސް 2025 ނޮވެމްބަރ 13 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2025 ނޮވެމްބަރ 23 ވާ އާދީއްތަ ދުވަހުގެ 13:00 އާއި ހަމަޔަށް ވިލުފުށީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. 

ބީލަން ފޯމް ބަލައިގަތުމާއި ކެނޑުން އޮންނާނީ 2025 ނޮވެމްބަރ 26 ވާ ބުދަ ދުވަހުގެ 13:15 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ކަރުދާހާއި ފޯމް ނުނަންގަވާ ފަރާތްތަކަށް ބީލަން ފޯމް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

 

  1. ބީލަން ހުށަހަޅާއިރު ތިރީގައިވާ މަޢުލޫމާތު އަދި ލިޔެކިޔުންތައް މަދު ނުވަތަ ނެތްނަމަ ބީލަން ޑިސްކޮލިފައި ކުރެވޭނެ

 

1.1. ހުށަހަޅާ ޖުމްލަ އަގު

1.2. ބީލަން ހުށަހަޅާ ފަރާތުގެ ސޮއި

1.3. ބީލަން ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑު ކޮޕީ ނުވަތަ ވިޔަފާރީގެ ރަޖިސްޓްރީގެ ކޮޕީ

1.4.   މި ލިޔުމުގެ ޖަދުވަލު 1 ގައިވާ ބީލަން ހުށަހަޅާ ފޯމް

   2.     ބީލަން އުޞޫލުން އިންޖީނު ވިއްކާލުމާއި ގުޅޭ މުހިންމު މައޫލޫމާތައް

1)    އިންޖީނުގެ ބާވަތް:  ޔަންމާ 350 ހޯސްޕަވަރ (ގިޔަރުސެޓް ނެތް)

2)    އިންޖީނު ބޭނުންކޮށްފައިވާ މުއްދަތު: 14 އަހަރު

3)    އިންޖީނުގެ ޙާލަތު: އަލްޓަނޭޓަރ – ރަނގަޅު ، ގިއަރު ރިމޯޓު – ރަނގަޅު ، ސްޓަރޓިން މޯޓަރު – ރަނގަޅު، ހާނަސް – ބޭނުންކުރެވޭ، މީޓަރު ބޯޑު - ބޭނުންކުރެވޭ

4)    އިންޖީނު ހުރިތަނާއި ފޮޓޯ: ވިލުފުށީގައި / އިންޖީނުގެ ފޮޓޯ އިޢުލާނާއެކު އާންމުކުރެވިފައި

5)    އިންޖީން ވިއްކާލެވޭނެ އެންމެ ކުޑަ އަގު:-/50000 ރ (ފަންސާސްހާސްރުފިޔާ)

6)    ބީލަން ހުށަހަޅާނެގޮތް: އެކަމަށްޓަކައި ދޫކުރެވޭ ބީލަން ފޯމު މެދުވެރިކޮށް، ކައުންސިލް އިދާރާއަށްދުރުވެ ނުވަތަ ބަދަލު ސިޓީ އާއިއެކު އެހެން މީހަކު ފޮނުވައިގެންނެވެ.

7)    ބީލަންތައް އިވެލުއޭޓްކުރުމަށްފަހު އެވޯޑުކުރެވޭ ފަރާތަށް، ފައިސާ ދެއްކުމަށް އަންގާ ދުވަހުން ފެށިގެން ރަސްމީ 3 (ތިނެއް) ދުވަހުގެ ތެރޭގައި ފައިސާ ދައްކަންޖެހޭނެއެވެ. މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ދެވަނަ އަށް އެންމެ ގިނަ މާކްސް ލިބުނު ފަރާތަށް ފުރުސަތު ދެވޭނެއެވެ. މިގޮތުން ދެވަނަ އަށް ދާފަރާތުންވެސް މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، އެންމެ މަތިން އަގު ހުށަހަޅާފައިވާ ތަރުތީބުން ފުރުސަތު ދެވޭނެއެވެ.

8)    އަދި ފައިސާ ދެއްކުމަށްފަހު، އިންޖީނު ގެންދިޔުމަށްޓަކައި އެންމެ ގިނަވެގެން ދެވޭނެ މުއްދަތަކީ 15 ދުވަހެވެ.

 

    3. ބީލަން ފޯމް ވަޒަންކުރުމުގައި ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

 

(ހ)ހުށަހެޅުންތައް ވަޒަންކުރަން ބޭނުން ކުރާނެ މިންގަނޑު

 

މާކްސް

ކްރައިޓީރިއާ

90

އަގު

10

މުއްދަތު (އިންޖީން ގެންދިއުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތު ބެންޗުމާކެއްގޮތުގައި ބަލައިގެން)

100

ޖުމްލަ

 

މިކަމާގުޅިގެން އިތުރުމައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން މައުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 9998494 ނަންބަރު ފޯނަށް ނުވަތަ މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރައްވައިގެންނެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

17 ނޮވެންބަރު 2025
ހޯދާ