ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ މެއި/ޖޫންގައި ބޭއްވުނު އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގެ ޑީ.ޕީ.އީ ޕްރައިވެޓް ކެނޑިޑޭޓުންގެ ސެޓްފިކެޓު ދޫކުރުން:

2025 ވަނަ އަހަރުގެ މެއި/ޖޫންގައި ބޭއްވުނު ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގައި މި ޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނު ހެދި ކެނޑިޑޭޓުންގެ ސެޓްފިކެޓު 2025 ނޮވެންބަރު 17ވާ ހޯމަ ދުވަހުން ފެށިގެން މި ޑިޕާޓްމަންޓްގެ ކައުންޓަރުން ދޫކުރަމުންދާނެ ވާހަކަ ދަންނަވަމެވެ.

ސެޓްފިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 އިން 13:30 އަށެވެ. ސެޓްފިކެޓް ބަލައި ދުރުވާއިރު ކެނޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެނޑިޑޭޓުގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ނުވަތަ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑުގެ ފޮޓޯއެއް އަދި ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަނގައިދޭ ކާޑު ގެންނަންވާނެއެވެ.

 

ނޯޓް: ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުގެ ރީޗެކަށް އެދިފައިވާ ކެނޑިޑޭޓުންގެ ސެޓްފިކެޓުތައް އަދި ލިބިފައި ނުވާ ވާހަކަ ދަންނަވަމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ޑީ.ޕީ.އީގެ ހޮޓްލައިން ނަންބަރު 7957373އަށް ގުޅުއްވުން އެދެމެވެ.

17 ނޮވެންބަރު 2025
ހޯދާ