މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކަރަންޓްވައިރުކުރުމާއި ސީލިންގކުރުން އަދި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

ތަޢުލީމީ ފަންޑުގެ އިމާރާތެއްކަމަށްވާ ފިލާ ބިންޑިންގ1، 4 ވަނަ ފަންގިފިލާއާއި 5ވަނަ ފަންގިފިލާގެ އޮފީސްބައި ކަރަންޓްވައިރުކުރުމާއި ސީލިންގކުރުން އަދި މަރާމާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 10 ނޮވެންބަރު 2015 ވާ އަންގާރަ ދުވަހުގެ 10:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 9 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު "މަސައްކަތްކުރުމަށް އެދި ހުށަހަޅުއްވާ ފަރާތުގެ މަޢުލޫމާތު ފޯމު" އާއެކު 16 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 10:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 9 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3341192 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

20 މުޙައްރަމް 1437     

02 ނޮވެންބަރު 2015
ހޯދާ