މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

    ނަންބަރ: 0622-MTCC-HRD-IU-2025

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ސީނިއަރ އޮޕަރޭޝަން ކޯޑިނޭޓަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޓްރާންސްޕޯރޓް ސަރވިސް ޑިވިޜަން – ގްރޭޓަރ މާލެ

އަދަދު:

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 13،300ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު – ދުވާލަކު 08 ގަޑި އިރު

ޝަރުޠު

  • މަގާމާ ގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒިފާ އަދާކުރަންޖެހޭ ތަން:

ޓްރާންސްޕޯރޓް ސަރވިސް ޑިވިޜަން – ގްރޭޓަރ މާލެ

އަދަދު

01

ވަޒީފާގެ ބާވަތް

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް

(މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ)       

  • 12,323 ރުފިޔާ
  • މަގާމާއި ގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވާނަމަ 2500ރ ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް ހާސިލްކޮށްފައިވާނަމަ 1500ރ
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް
  • ޕެންޝަން ސްކީމް

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 6 ދުވަހު ދުވާލަކު 8 ގަޑިއިރު

ޝަރުޠު

  • އެމްއެންކިއުއެފް ލެވެލް 6 ނުވަތަ އެއްށްވުރެއް މަތީ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • އެމްއެންކިއުއެފް ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅޭ ދާއިރާއަކުން  މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • އޭލެވެލް ނުވަތަ އެމްއެންކިއުއެފް ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު މަގާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ޖީސީއީ އޯލެވެލް 3 މާއްދާއިން ފާސްވެފައި ވުމާއެކު މަގާމާއި ގުޅޭ ދާއިރާއަކުން މަދުވެގެން 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

މިމަގާމުގެ މަސްއޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/ އިން ފެންނަން ހުންނާނެއެވެ.

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމްޓީސީސީގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް 2025 ނޮވެމްބަރ 17 ވަނަ ދުވަހުގެ 12:00 ގެ ކުރިން އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

މި މަޤާމްތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއުކުރުން  2025 ނޮވެމްބަރ 18 އިން 2025 ނޮވެމްބަރ 30 އާ ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

ވެބްސައިޓް:  

 https://mtcc.mv/careers/

ފޯން: 

1650

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން) އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކާއިއެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
16 ނޮވެންބަރު 2025
ހޯދާ