ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދ.މީދޫ ބަނދަރުގައި ފެނާއި ކަރަންޓު ދޫކުރުމަށް ހެދޭ ޝެޑްތަކުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

 

1.   ދ. މީދޫ ބަނދަރުގައި ފެނާ ކަރަންޓް ދޫކުރުމަށް ޝެޑް ހަދާދޭނެ ފަރާތެއް ހޯދުމަށް، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

2.   މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އިތުރު މަޢުލޫމާތު ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

3.  މި ބީލަމުގައި ރަޖިސްޓަރީ ކުރުމަށް 2025 ނޮވެމްބަރު 16 ން 2025 ނޮވެންބަރު 20 ގެ ނިޔަލަށް " ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް " ފުރިހަމަ ކުރެއްވުމަށްފަހު ދެވިފައިވާ އީމެއިލަށް ފޮނުއްވުމަށް ދެންނެވީމެވެ. މެއިލް ކުރެއްވުމަށް ފަހު މެއިލް ލިބިފައިވާ ކަން ޔަޤީން ކުރެއްވުމަށް މިއިދާރާގެ ފޯނަށް ގުޅުއްވައި ޔަޤީން ކުރެއްވުމަށްވެސް ދަންނަވަމެވެ. ބީލަން ހުށަހެޅުއްވޭނީ މިމުއްދަތުގައި ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށެވެ. " ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް " މި އިއުލާނާއި އެކު ގެޒެޓް ކުރެވިފައިވާނެއެވެ. އަދި މިއިދާރާއިން ލިބެން ހުންނާއެވެ.

4.  މި ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮވެންބަރު 20 ވަނަ ދުވަހުގެ ކުރިން މިއުލާންގެ 9  ވަނަ ނަމްބަރުގައިވާ  އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.

5.  ބީލަން ހުށަހެޅުއްވުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ނޮވެމްބަރު 24 ވަނަ ދުވަހުގެ 13.00 ގައި ދ. މީދޫ ކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމްގައެވެ.

6.  މި ޕްރޮޖެކްޓްގެ ބީލަންފޮތް، ބީއޯކިޔޫ، ބީލަން ހުށަހަޅާ ފޯމް، ބީލަމުގައި ރަޖިސްޓްރީވުމަށް ހުށަހަޅާފޯމް، އަދި ކުރެހުންތައް މި އިޢުލާނާއެކު އާއްމުކުރެވިފައި ވާނެއެވެ.

7.  ބީލަން ހުށަހަޅުއްވަނީ ބީލަމުގައި ރަޖިސްޓްރީ ވެފައިވާ ފަރާތް ނޫން އެހެން ފަރާތެއް މެދުވެރިކޮށް ކަމުގައި ވަނީނަމަ އެފަރާތަކީ  ބީލަމުގައި ރަޖިސްޓަރ ކުރައްވާފައިވާ ފަރާތް ތަމްސީލް ކުރައްވާ ފަރާތެއްކަން އެނގޭނެ ބީލަން ހުށަހަޅާ ފަރާތުގެ ރަސްމީ ލިޔުން  ހުށަހަޅުއްވަން ވާނެއެވެ.

8.  ބީލަމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަށް ހުށަހެޅުއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

9 .  މި ބީލަމާ ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

              ޕްރޮކިއުމަންޓް ސެކްޝަން.   

              ދ. މީދޫ ކައުންސިލް އިދާރާ / ދ. މީދޫ/ ދިވެހިރާއްޖެ

              ފޯން 6760005/6760042

              އީމެއިލް [email protected]

                   ކޮޕީ އީމެއިލް: [email protected]

16 ނޮވެންބަރު 2025
ހޯދާ