މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ޓޫރިސްޓް ރިޒޯޓު، ހޮޓާ އަދި އުޅަނދުތައް ހިންގާ ފަރާތްތަކާއި ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ލޯކަލް އޭޖެންޓުން

ސަރކިއުލަރ

ތާރީޚު:   29 އޮކްޓޫބަރު 2015

ލިބެންވީ: ޓޫރިސްޓް ރިޒޯޓު، ހޮޓާ އަދި އުޅަނދުތައް ހިންގާ ފަރާތްތަކާއި ބޭރުގެ ޓޫރިސްޓް އުޅަނދުތަކުގެ ލޯކަލް އޭޖެންޓުން

މައުޟޫއު:  1 ނޮވެންބަރު 2015 އިން ފެށިގެން ގްރީން ޓެކްސް ނެގުން

މި އޮތޯރިޓީން 15 އޮކްޓޫބަރު 2015 ގައި ނެރެފައިވާ ސަރކިއުލަރ ނަންބަރު 220-TP/CIR/2015/14 (ގްރީން ޓެކްސް) އާ ހަވާލާދީ ދަންނަވަމެވެ.

ތިޔަ ފަރާތްތަކުން 1 ނޮވެންބަރު 2015 އިން ފެށިގެން ގްރީން ޓެކްސް ނަގަން ފަށައި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނާއި ގްރީން ޓެކްސް ގަވާއިދުގައިވާ ގްރީން ޓެކްސް ނެގޭނެ އުސޫލުތަކާއި ހަމަތަކުގެ މަތިން މީރާއަށް އެ ޓެކްސް ދައްކަންޖެހޭނެކަން ހަނދާންކޮށްދެމެވެ.

އެހެންކަމުން، ޓޫރިސްޓް ރިޒޯޓު، ހޮޓާ އަދި އުޅަނދުތަކުގައި މިހާރު ތިބި ޓޫރިސްޓުންގެ އަތުން 1 ނޮވެންބަރު 2015 ވަނަ ދުވަހުގެ 00:00 އިން ފެށިގެން ގްރީން ޓެކްސް ނަގަންޖެހޭނެއެވެ. އަދި 1 ނޮވެންބަރު 2015 ގެ ފަހުން ޗެކް-އިން ވާ ޓޫރިސްޓުންގެ އަތުން ވެސް ގްރީން ޓެކްސް ނަގަންވާނެއެވެ.

މި ކަމާ ގުޅޭ އިތުރު މައުލޫމާތު، މި އޮތޯރިޓީގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ގްރީން ޓެކްސް ގައިޑް އިން ލިބޭނެއެވެ.

އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 އޮކްޓޫބަރު 2015
ހޯދާ