މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ކަރާ ހެއްދުމަށް ދަނޑުދޫކުރުން

1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ކަރާ އަދި ކިޔުކަންބާފަދަ ބާވަތްތައް ހެއްދުމަށް މިރަށުން ދަނޑު ނަންގަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި އަހަރުވެސް ދަނޑު ދިނުމަށް ހަމަޖެހިފައިވަނީ "ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު"ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މިރަށުގެ މީހުން ދިރިއުޅޭ ގޭގެއަށެވެ. ދަނޑަށް އެދެވޭނީ އެ ގެއެއްގެ ވެރިފަރާތް ނުވަތަ އެ ގެއެއްގެ ރަޖިސްޓަރީގައި ހިމެނޭ ނުވަތަ އެ ގެއެއްގައި ދިރިއުޅޭ 18 އަހަރުން މަތީގެ ފަރާތަކަށެވެ.

އެއްފަރާތަކަށް 1 ދަނޑަށްވުރެ ގިނަ ދަނޑު ނުނެގޭނެއެވެ. ދެ ގެ ނުވަތަ ދެ ގެއަށްވުރެ ގިނަ ގޭގެ އެއްކޮށް ދަނޑު ހައްދާނަމަ، ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް އެއްކޮށް ދަނޑު ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. ދަނޑު ނެގުމަށް އެދި ހުށަހަޅާއިރު، އިދާރީ ފީގެ ގޮތުގައި ކޮންމެ ފޯމަކަށް -/50 ރުފިޔާ ދައްކަންޖެހޭނެއެވެ. އަދި ދަނޑު ލިބޭ ފަރާތްތަކުން "ދަނޑުވެރިކަމަށް ބިން ދޫކުރުމުގެ އުޞޫލު" ގެ ދަށުން ދަނޑު ބޭނުންކުރުމުގައި އުފުލަންޖެހޭ ޒިންމާތައް އުފުލަންވާނެއެވެ.     

އެހެންކަމުން މި އަހަރު ރޯދައަށް ދަނޑު ނެގުމަށް ބޭނުންވާ ފަރާތްތަކުން https://forms.gle/soFjow59yVyrcyeFA މި ލިންކްގައިވާ ގޫގުލް ފޯމު ފުރިހަމަކުރެއްވުމަށްފަހު، 19 ނޮވެންބަރު 2025 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ސަބްމިޓްކުރުމަށް ދަންނަވަމެވެ. ފޯމު ސަބްމިޓްކުރާއިރު ދަނޑު ނެގުމަށް އެދޭ ފަރާތުގެ އަދި ދަނޑުގެ މަސްޢޫލުވެރިކަން އެހެން ފަރާތަކާ ހަވާލުކުރާނަމަ އެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީއާއި، އިދާރީ ފީ ދެއްކިކަމުގެ ސްލިޕް ހުށަހަޅަންވާނެއެވެ. އިދާރީ ފީ މި އިދާރާ 1317 ރެވެނިއު 1، ނަންބަރު 7724700366001 އެކައުންޓަށް ޓްރާންސްފަރ ކުރެއްވޭނެއެވެ.  

ވީމާ، މިކަން ޢާންމުކޮށް އިޢުލާންކުރީމެވެ.    

13 ނޮވެންބަރު 2025
ހޯދާ