ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ. ނައިވާދޫއިން 18 (އަށާރަ) ބިމެއް ކުއްޔަށް ދިނުން

އިޢުލާން

 

ހދ. ނައިވާދޫއިން 18 (އަށާރަ) ބިމެއް ކުއްޔަށް ދޫކުރުމާ ގުޅޭ

ހދ.ނައިވާދޫއިން އެކި އެކި ބޭނުންތަކަށް 18 (އަށާރަ) ބިމެއް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާތީ، އެކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ބިން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވަނީ ކުއްޔަށް ނަގަން ބޭނުންވާ ކޮންމެ ބިމަކަށް ބީލަންފޮތް ވިއްކައިގެންނެވެ. އެގޮތުން ބީލަންފޮތެއްގެ އަގަކީ -/200 (ދުއިސައްތަ) ރުފިޔާއެވެ. ބީލަން ހުށަހެޅޭނީ ބީލަން ފޮތް ގަތުމަށް އެދި އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހަޅާ އަދި ހުޅުވާލެވިފައިވާ މުއްދަތުގައި ބީލަން ފޮތް ގަނެފައިވާ ފަރާތްތަކަށް އެކަންޏެވެ.

ބީލަމަށް ރަޖިސްޓްރީވުމާއި ބީލަންފޮތް ގަތުން

ޕްރީ ބިޑް މީޓިން

ބީލަން ހަށަހެޅުން

16.11.2025 ން  24.11.2025ގެ 13:00 ށް

20.11.2025 ގައި އޮންލައިންކޮށް

25.11.2025 ގެ 13:00 ގައި

އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހެޅުން.

20.11.2025 ގެ 12:00ގެ ކުރިން މެއިލް މެދުވެރިކޮށް އެދިފައިވާ ފަރާތްތަކަށް

ހދ.ނައިވާދޫ ކައުންސިލް އިދާރާގައި

 

ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 )  ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

ތިރރީގައި އެވަނީ ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ބާވަތްތަކެވެ.

1-      ދަނޑުވެރިކަމަށް ދޫކުރާ ބިންތައް - (4 ބިން)

2-      ކޮމާޝިއަލް ބޭނުންތަކަށް ދޫކުރާ ބިން (ކެފޭ، ރެސްޓޯރަންޓަށް ޚާއްސަ) – 1 ބިން

3-      ކޮމާޝިއަލް ބޭނުންތަކަށް ދޫކުރާ ބިން (ރެސްޓޯރަންޓަށް ޚާއްސަ) – 1 ބިން

4-      ކޮމާޝިއަލް ބޭނުންތަކަށް ދޫކުރާ ބިން (ސްވޮނިއަރ ޝޮޕަށް ޚާއްސަ) – 3 ބިން

5-      ކޮމާޝިއަލް ބޭނުންތަކަށް ދޫކުރާ ބިން (ކެފޭ، ރެސްޓޯރަންޓް، ފިހާރަ) – 9 ބިން

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 24 ޖުމާދަލްއޫލާ 1447   

15  ނޮވެމްބަރ  2025

 

15 ނޮވެންބަރު 2025
ހޯދާ