މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ރެހެންދި އެވޯޑު

އިޢުލާން

"ރެހެންދި އެވޯޑު"

ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ އާދަޔާ ޚިލާފު ހިއްސާއެއް އޮވެ، ޤައުމަށް ބޮޑެތި ލާބަޔާ މަންފާ ލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގުވަޒަންކުރުމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ވަނީ ކޮންމެ އަހަރަކު "ރެހެންދި އެވޯޑު"ގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމާފައެވެ.

މި އެވޯޑަށް ކުރިމަތިލެއްވުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް) ކުރުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

އެވޯޑް ދެވޭ ފަރާތްތައް ހޮވުމަށް ހަމަޖެހިފައި ވަނީ، ރެހެންދި އެވޯޑު ކޮމިޓީއިންނެވެ.

މިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:

  • އެޕްލިކޭޝަން ފޯމު
  • ޕާސް ޕޯޓް ސައިޒުގެ ފޮޓޯއެއް
  • ވަނަވަރު އަންގައިދޭ ލިޔުމެއް
  • ސަޕޯޓިންގ ޑޮކިއުމަންޓްސް (އެޕްލިކޭޝަން ފޯމުގައި ބަޔާންކުރައްވާފައިވާ މަޢުލޫމާތުތައް ކަށަވަރުކޮށްދޭ ލިއުންތައް)
  • އެވޯޑަށް އެހެން ފަރާތުގެ ނަން ހުށަހަޅުއްވާނަމަ، ހުށަހަޅުއްވާ ފަރާތުގެ ސިޓީ އަދި އައި.ޑީ ކާޑުގެ ކޮޕީ
  • ހުށަހަޅާ ފަރާތުގެ ކުށުގެ ރިކޯޑު ފޯމު
  • އައިޑީ ކާޑުގެ ކޮޕީ
  • މިނޫންވެސް އެހެނިހެން ލިޔެކިޔުންތައް 

އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުޠުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ލިބިވަޑައިގަންނަވާނެއެވެ.

މި އެވޯޑަށް ކުރިމަތި ލުމުގެ އެންމެ ފަހު ތާރީޚަކީ 19 ފެބުރުވަރީ 2015 އެވެ.

20 މުޙައްރަމް 1437

02 ނޮވެންބަރު 2015
ހޯދާ