ދިވެހިރާއްޖެ
ނ. ކެނދިކުޅުދޫ ކައުންސިލުން އިންތިޒާމް ކޮށްގެން 20 ނޮވެންބަރު 2025 ގައި ކެނދިކޮޅު ވޮލީ ޓާފް ދަނޑުގައި ބޭއްވުމަށްހަމަޖެހިފައިވާ "ދި މެންގްރޫވް އައިލެންޑް ހުސްނޫނު ވޮލީބޯލް ޗެންޕިއަންޝިޕް 2025" ކުރިއަށްދާ މުއްދަތުގައި، ރަށަށް ޒިޔާރާތްކުރާ ފަރާތްތަކަށް ޓެކްސީ ދަތުރު ކޮށްދިނުމަށާއި ސައިކަލު އަދި ކޮޓަރިކުއްޔަށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވެއެވެ.
އެގޮތުން، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ނޮވެންބަރު 2025 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އޮންލައިން ފޯމް ފުރިހަމަ ކުރެއްވުމަށް ދަންނަވަމެވެ. އަދި މި ދަފްތަރުގައި ނަން ނޯޓް ކުރާ ފަރާތްތަކުގެ މަޢުލޫމާތު މުބާރާތުގެ މުއްދަތުގައި ރަށަށް ދަތުރުކުރާ ޓީމްތަކާއި އަދި އެހެން ރަށްރަށުން އަންނަ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.
ފޯމް ލިންކް: https://forms.office.com/r/sztQiqfKrj
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
