މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާދޫ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމާއި ގުޅޭ

އިޢުލާން

ވާދޫ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމާއި ގުޅޭ

 

           ވާދޫ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، ޑިޒައިން އެންޑް ބިލްޑް އޮފް ޝޯރ ޕްރޮޓެކްޝަން ޕްރޮޖެކްޓްގެ މަސައްކަތް ކުރުމަށް ތިރީގައިވާ ޚިދުމަތްތައް ހޯދަން ބޭނުންވެއެވެ.

މަޝްރޫޢުގެ މަސައްކަތްކުރާ މުވައްޒަފުންގެ އެކޮމޮޑޭޝަން ހޯދުން

 

ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ މުވައްޒަފުން ތިބުމަށްޓަކައި 03 ކޮޓަރި، 03 ފާޙާނާ، ސިޓިންގ ރޫމް އަދި ބަދިގެއާއި ކާތަން ހިމެނޭގޮތަށް 06 މަސްދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

މަޝްރޫޢުގެ މަސައްކަތްކުރާ މުވައްޒަފުންގެ ކެއުންބުއިން ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

 

މި މަސައްކަތް ކުރާ މުވައްޒަފުންގެ 3 އިރުގެ ކެއުންބުއިން (10 މުވައްޒަފުން) ހަމަޖައްސައިދޭނެ ފަރާތެއްވެސް ހޯދަން ބޭނުންވެއެވެ.

ވީމާ، މަތީގައިވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން، މަސައްކަތުގެ ތަފްޞީލް ހޯދުމަށާއި ނަންނޯޓު ކުރުމަށް އެދި މިއިދާރާގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް ދަންނަވަމެވެ. އަދި މިކަމަށް އެދި ބިޑް ހުށަހެޅުން އޮންނާނީ 2025 ނޮވެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ.

 

 

 މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ، މިއިދާރާގެ ނަންބަރު 4000299 ފޯނާއި ގުޅުއްވުން އެދެމެވެ.

14 ނޮވެންބަރު 2025
ހޯދާ