ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މި ކުންފުނީގެ ޓީވީ މޯލްލްޑިވްސް އިން ދެއްކުމަށް 6 (ހަޔެއް) އެޕިސޯޑްގެ 1 ޑްރާމާ ސިލްސިލާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން ނަންބަރ 

(IUL) PSM-FP/ PSM/2025/235

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރ 

(PROC-49-25) GSRF-PSM-TVMPro/2025/190

އިޢުލާން

 ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

           މި ކުންފުނީގެ ޓީވީ މޯލްލްޑިވްސް އިން ދެއްކުމަށް 6 (ހަޔެއް) އެޕިސޯޑްގެ 1 ޑްރާމާ ސިލްސިލާ އެއް ގަންނަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރ(IUL) PSM-FP/ PSM/2025/227  އާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލްކޮށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

           ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 19 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 26 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 11:00 އަށް ޓީވީއެމް ބިލްޑިންގ (ބުރުޒު މަގު) އަށް ހާޒިރުވެ ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.

           ޕްރޮޕޯސަލް ހުށަހަޅާއިރު މިކުންފުނިންދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ ކަމެއް ފުރިހަމަކޮށް ޕްރޮޕޯސަލް ހުށަހެޅުން އެދެމެވެ.

           ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޒިރުވާ ފަރާތްތަކަށް އެކަންޏެވެ. ބިޑްޕްރޮޕޯސަލް ހުށަހެޅުމަށް ގަޑިއަށް ޙާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.

13 ނޮވެންބަރު 2025
ހޯދާ