ދިވެހިރާއްޖެ
މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން މާލެ ސިޓީގެ ހުރިހާ އަވަށަކަށް އަމާޒުކޮށް މާލެ ސިޓީގެ ދާއިރާތަކުގައި ތިއްބެވި އަންހެން ކަނބަލުންގެ ތެރެއިން އަމިއްލަ މަސައްކަތުން ކުރި އެރުން ހޯދަމުން އަންނަ އަންހެން ކަނބަލުންނަށް ހާއްސަކޮށް 2023 ވަނަ އަހަރު ދޭން ފެށި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ "ރަނި އެވޯޑް" މި އަހަރުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު އާއި "ރަނި އެވޯޑް 2025" ޤަވައިދު ކަރުދާސް މި އިޢުލާން އާއި އެއްކަރުދާސްކޮށްފައިވާނެއެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ވެބްސައިޓް https://malecity.gov.mv/en/downloads މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެއެވެ. އެވޯޑަށް ކުރިމަތިލުމަށް ހުށަހަޅާ ފޯމު ފުރުމަށްފަހު މެއިލްކުރައްވާނަމަ ކުރައްވާނީ މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީގެ މެއިލް އެޑްރެސް [email protected] އަށެވެ. މީގެ އިތުރަށް މި އިދާރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީސް (އެމް ޑަބްލިޔު އެސްސީ 4 ވަނަ ފަންގިފިލާ) އަށް ވަޑައިގެން ފޯމު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކަށް މި އޮފީހުން ފޯމު ދޫކުރާނެއެވެ. މި ގޮތުން ފުރޭ ފޯމު މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އޮފީސް (އެމް ޑަބްލިޔު އެސްސީ 4 ވަނަ ފަންގިފިލާ) އިން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ފެށިގެން މެންދުރު 13:30 އަށް ބަލައިގަންނާނެއެވެ.
https://forms.gle/3LENENhC8S5we9qQ6
މި ލިންކް އިން ފޯމް ލިބިލައްވާނެ ކަމުގައި ދަންނަވަމެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 25 ނޮވެމްބަރ 2025 އަންގާރަ ދުވަހުގެ 13:30 އަށެވެ.
ވީމާ، މި ކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
