ދިވެހިރާއްޖެ
|
ޗައިނީޒް ސްކޮލަރޝިޕް ކައުންސިލް (ސީ.އެސް.ސީ) ސްކޮލަރޝިޕް 2026-2027 (ޗައިނާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ލިބިފައިވާ ފުރުޞަތު) |
||
|
ޤައުމު: ޗައިނާ |
އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް: 02 ބެޗްލަރސް ޑިގްރީ 02 މާސްޓަރ ޑިގްރީ 01 ޕީ.އެޗް.ޑީ މިހާރު ޗައިނާގައި ކިޔަވަމުންދާ ދަރިވަރުންނަށް: 05 މާސްޓަރސް 10 ޕީ.އެޗް.ޑީ |
ކޯހުގެ ލެވެލް އަދި ޢަދަދު: |
|
ބެޗްލަރސް ޑިގްރީ
3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. ހ.CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ށ.IELTS އިން އޯވަރރޯލް ސްކޯރ 6.5 އިން ފެށިގެން މަތި ނ TOEFL 550 އިން ފެށިގެން މަތި. ރ.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ އާއި އެއްފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން "ސީ" އިން ފެށިގެން މަތީގްރޭޑެއް. 4. 01 މާރިޗް 2026 ގެ ނިޔަލަށް 25 އަހަރުވެފައިނުވުން. 5. ސީ.އެސް.ސީ.އޭ (ޗައިނާ ސްކޮލަސްޓިކް ކޮމްޕެޓެންސީ އެސެސްމެންޓް) އިމްތިހާން ފުރިހަމަކޮށްފައިވުން.
މާސްޓަރސް ޑިގްރީ
ޕީ.އެޗް.ޑީ
އެދޭ ކޯހަކާގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް:
|
ކޯހުގެ ޝަރުތު: |
|
|
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި.
|
ހުށަހަޅަންޖެހޭ ތަކެތި: |
|
|
- - މިސްކޮލަރޝިޕަށް އިޢުލާން ކޮށްފައިވާ އެއްވެސް ލެވެލްއަކަށް ކަނޑައެޅިފައިވާ ޢަދަދަށް ކެންޑިޑޭޓުން އެޕްލިކޭޝަން ހުށަހަޅާފައި ނުވާނަމަ، އެޖާގަ ހަމަކުރުމަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރާނީ ދެން ހުށަހަޅާފައިވާ ލެވެލްތަކުން މެރިޓް އުސޫލުން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކެވެ. - މި ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ސްކޮލަރޝިޕް ދެއްވާ ފަރާތުންނެވެ. - މި ސްކޮލަރޝިޕްގެ ދަށުން ޓިއުޝަން ފީ، އެކޮމޮޑޭޝަން، މެޑިކަލް އިންޝުރެންސް އަދި ސްޓައިޕެންޑް ކޯސް އިންތިޒާމް ކުރައްވާ ފަރާތުން ހަމަޖައްސައިދޭނެއެވެ. (ލިބޭ އެލަވަންސްތަކުގެ ތަފްސީލް ވެބްސައިޓްގައި އަޕްލޯޑުކުރެވިފައިވާ ކޯހާއިބެހޭ އިތުރު މަޢުލޫމާތު ޝީޓްގައި ހިމެނިފައިވާނެއެވެ.) ރިޓާން އެއަރ ޓިކެޓް ދިނުމަށް ހަމަޖެހިފައިވަނީ މިމިނިސްޓްރީގެ ފަރާތުންނެވެ. - މި ސްކޮލަރޝިޕާ ގުޅޭ އިތުރު މަޢުލޫމާތު މިމިނިސްޓްރީގެ ވެބްސައިޓުންނާއި، ތިރީގައިވާ ޗައިނީޒް ގަވަރމަންޓް ސްކޮލަރޝިޕްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. http://www.campuschina.org/ - ކެންޑިޑޭޓުން ކިޔަވަންދާން ކަނޑައެޅޭ ޔުނިވަރސިޓީއެއް އެނގޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލުން ޕްލޭސްމަންޓް ހަމަޖެހުމުންނެވެ. އަދި މި ސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ޔުނިވަރސިޓީ ގެ ފަރާތުންނެވެ. - މާސްޓަރސް ޑިގްރީ / ޕީ.އެޗް.ޑީ އަށް ކުރިމަތިލާ ކެންޑިޑޭޓުން ކިޔަވަންޖެހޭ ބަހެއް ކަނޑައެޅޭނީ ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްއިން ޕްލޭސްމަންޓް ފޮނުވުމުންނެވެ. ޕްލޭސްމަންޓް ލިބޭ ޔުނިވަރސިޓީގެ ގޮތުން ބައެއް ފަހަރު މުޅި ކޯސް ޗައިނީޒް ބަހުންވެސް ކުރިއަށް ގެންދަން ޖެހިދާނެއެވެ. ޗައިނީޒް ބަހުން ކޯސް ފުރިހަމަ ކުރައްވަން ޖެހޭކަމުގައިވަނީނަމަ 1 ނުވަތަ 2 އަހަރު ދުވަހުގެ ޗައިނީސް ލެންގްއޭޖް ކޯހެއް ފުރިހަމަ ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. - ޗައިނާގެ އިންސްޓިޓިއުޓްތަކުން ހެދެން ހުރި އެކި ޕްރޮގްރާމްތަކާއި ޕްރޮގްރާމް ހިންގާނީ ކޮންބަހަކުންކަން އެނގޭފަދަ މުހިންމު މަޢުލޫމާތު ތިރީގައިވާ ލިންކް އިން ލިބެން ހުންނާނެއެވެ. /CSCA registration Link: https://csca.cn - - މި މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ޗައިނީޒް ސްކޮލަރޝިޕްގެ އޮންލައިން އެޕްލިކޭޝަން https://studyinchina.csc.edu.cn/?S8cMF5lUCwGD=1736314070842#/login)) ހުށަހެޅުމުގެ އިތުރުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ސެޓްފިކެޓަތަކުގެ އެޓެސްޓްކޮށްފައިވާ އޮރިޖިނަލް އާއި 1 ކޮޕީ އަދި މެޑިކަލް ރިޕޯޓް، 15 ޖަނުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުން އެދެމެވެ. ޗައިނީޒް އޮންލައިން އެޕްލިކޭޝަން އާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތަފްސީލް މިއިޢުލާނާއިއެކު އަޕްލޯޑު ކުރެވިފައިވާ އިންފޮމޭޝަން ޝީޓްގައި ބަޔާން ކުރެވިފައިވާނެއެވެ. - ސްޓޫޑެންޓް ލޯނު ސްކީމަކަށް ހޮވިފައިވާ ކެންޑިޑޭޓުން ލޯނު އެގްރީމެންޓްގައި ސޮއިނުކުރާނަމަ މި ސްކޮލަރޝިޕް ފުރުޞަތަށް އެޕްލިކޭޝަން ހުށަހެޅޭނެއެވެ. އަދި ސްކޮލަރޝިޕްއަށް ނޮމިނޭޓްވުމުން ލޯނުގެ ފުރުޞަތު ދޫކޮށްލަންޖެހޭނެއެވެ. - އެހެން ސްކޮލަރޝިޕަކަށް ނޮމިނޭޓްވެފައިވާ ކެންޑިޑޭޓެއް މި ސްކޮލަރޝިޕް ފުރުޞަތަށް ނޮމިނޭޓް ނުކުރެވޭނެއެވެ. - މި ސްކޮލަރޝިޕާއި ގުޅޭ އިތުރު މަޢުލޫމާތު މި އިޢުލާނާއެކު އެޓޭޗްކޮށްފައިވާ "އެނެކްސް 1" އިން ލިބޭނެއެވެ. |
އިތުރު މަޢުލޫމާތު: |
|
|
އޮންލައިން އެޕްލިކޭޝަން ހުށަހެޅުން: 14 ޖަނަވަރީ 2026 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން އެޕްލިކޭޝަންގެ ހާރޑް ކޮޕީ ހުށަހެޅުން: 15 ޖަނަވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން |
ސުންގަޑި: |
|
|
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||
|
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 1474 ނަންބަރު ފޯނުން ލިބޭނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރާނީ [email protected] އަށެވެ. |
||
