ކިހާދޫ ސްކޫލް، ބ. ކިހާދޫ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން 2026ވަނަ އަހަރު ކިހާދޫ ސުކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 20 ނޮވެންބަރު 2025 12:15 ގައި ބާތިލް ކުރެވިފައެވެ.


 

 

2026 ވަނަ އަހަރު ކިހާދޫ ސުކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން.

  1. 2026 ވަނަ އަހަރަށް މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް، ޢިއުލާން ކުރަމެވެ.
  2. މި ބީލަމަށް ހުޅުވާލެވިފައިވަނީ ޤާނޫނު ނަމްބަރ: 2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަމްބަރ: 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
  3. މި ބީލަމުގައި ބައިވެރިވާން އެދޭފަރާތްތަކުން، 2025 ނޮވެމްބަރ 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން   ''ބީލަމުގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމް"  ފުރިހަމަ ކުރެއްވުމަށް ފަހު ރަސްމީގަޑީގައި މި ސުކޫލަށް ފޯމް ހުށަހަޅައިގެން ނުވަތަ ތިރީގައިވާ އީމެއިލް އެޑްރެހަށް މެއިލް ކުރައްވައިގެން ބީލަމުގައި ރަޖިސްޓްރީ  ވުމަށް ދަންނަވަމެވެ. ބީލަން ހުށައެޅޭނީ މި މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަށް ކަށަވަރުކުރުމަކީ ބިލަން ހުށައަޅާ ފަރާތުގެ ޒިންމާއެކެވެ.
  4. މި ބީލަމާބެހޭގޮތުން  އެއްވެސް  ސުވާލެއްވާނަ ތިރީގައިވާ  އެޑްރެހަށް ލިޔުމުން ހުށަހެޅުއްވުން އެދެމެވެ.
  5. މި ބީލަމާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނާނީ 2025ނޮވެމްބަރ 25 ވާ އަންގާރަ ވަނަ ދުވަހުގެ 10:00 ގައި ކިހާދޫ ސްކޫލްގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ،ވެރިފަރާތުގެ ސިޓީއެއް އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑް ގެންނެވުން އެދެމެވެ.
  6. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2025 ޑިސެމްބަރ 07 ވަނަ ދުވަހުގެ 10:00 ގައި މި ސްކޫލްގައެވެ.

ނޯޓް: ބީލަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ކަނޑައެޅިފައިވާ މުއްދަތުގައި ނަން ނޯޓް ކުރައްވާ ފަރާތްތަކަށާއި،މަޢުލޫމާތު ސާފުކުރުމުގައި ބައިވެރިވާފަރާތްތަކަށް ކަމުގައި ދަންނަވަމެވެ.

   ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގަވެ. އަދި ސިޓީއުރައިގެ ބޭރުގައި" ކިހާދޫ ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން 2026" މިހެން ލިޔެފައި އޮންނަންވާނެއެވެ.  

އިތުރު މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން މިސްކޫލަށް ގުޅުއްވައި ނުވަތަ މެއިލް ކުރެއްވުން އެދެމެވެ.

     ކިހާދޫ ސުކޫލް / ބ. ކިހާދޫ

      ފޯން: 6600017

      އީ-މެއިލް: [email protected]

 

         

 

13 ނޮވެންބަރު 2025
ހޯދާ