ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުން ދޭ މައުލޫމާތާއި އެއްގޮތަށް ޑޯ އެކްސެސް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 28 އޮކްޓޫބަރު 2025 ވަނަ ދުވަހު ކުރި ނަންބަރު (IUL)196-C/1/2025/81 އިޢުލާންއާއި ގުޅިގެން ހުށަހަޅުއްފާއިވާ އަންދާސީ ހިސާބުތަކުގެ ސްޕެސިފިކޭޝަން ދިމާނުވާތީ އަލުން މިއޮފީހުން ދޭ މައުލޫމާތާއި އެއްގޮތަށް ޑޯ އެކްސެސް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުން ދޭ މައުލޫމާތާއި އެއްގޮތަށް ޑޯ އެކްސެސް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 28 އޮކްޓޫބަރު 2025 ވަނަ ދުވަހު ކުރި ނަންބަރު (IUL)196-C/1/2025/81 އިޢުލާންއާއި ގުޅިގެން ހުށަހަޅުއްފާއިވާ އަންދާސީ ހިސާބުތަކުގެ ސްޕެސިފިކޭޝަން ދިމާނުވާތީ އަލުން  މިއޮފީހުން ދޭ މައުލޫމާތާއި އެއްގޮތަށް ޑޯ އެކްސެސް ސިސްޓަމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން:  2025 ނޮވެންބަރު 23، އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް

ލިންކް: https://forms.office.com/r/nTd7pnMZb0

  • ބީލަން ހުށަހެޅުމާއި ހުޅުވުން: 2025 ނޮވެންބަރު 24 10:00 އަށް

 

ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 24 ނޮވެންބަރު 2025، 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެވެ.

 

 

22 ޖުމާދުލްއައްވަލް 1447

13 ނޮވެންބަރު 2025
ހޯދާ