މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޯދަ ހަދިޔާ އާއި ގުޅޭ

     ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައިވާ ގޮތުގެމަތިން، ދިވެހި ކޮންމެ ގޭބިސީއަކަށް ރޯދަ ހަދިޔާ ދެއްވުމަށް ނިންމާފައިވާތީ، މިރަށުގައި ދިރިއުޅޭ ގޭބިސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިކައުންސިލުން މިދަނީ ކުރަމުންނެވެ. ވީމާ މިރަށުގެ ގެތަކުގައި ދިރިއުޅޭ ގޭބިސީތައް ތިރީގައިވާ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް 2025 ނޮވެމްބަރ 16 ވަނަ ދުވަހުގެ 12:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުމަށް ދަންނަވަމެވެ. ގޭބިސީގެ ގޮތުގައި ބަލާނީ ވަކިން ކައްކާ ކައިބޮއި ދިރިއުޅޭ ދިވެހި އާއިލާތައް ކަމުގައިވެސް ދަންނަވަމެވެ.

ގޫގުލް ފޯމް ލިންކް: https://docs.google.com/forms/d/1Jk2p4e05U0oxh-BmC2_L-iOZKGA6Skh37XaXtu0zDLY/edit

                        މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

             22 ޖުމާދަލްޢޫލާ 1447

13 ނޮވެންބަރު 2025
ހޯދާ