މިލަދުންމަޑުލު އުތުރުބުރީ ޅައިމަގު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީޓަރމިނަލް ކުއްޔަށް ދިނުން

މި އިޢުލާންވަނީ 17 ނޮވެންބަރު 2025 13:11 ގައި ބާތިލް ކުރެވިފައެވެ.


  1. މިރަށު ބަނދަރު ސަރަޙައދުގައި ޤާއިމުކޮށްފައިވާ ފެރީޓަރމިނަލް މިކައުންސިލުގެ "ފެރީޓަރމިނަލް ކުއްޔަށްދިނުމުގެ އުޞޫލު 2025" އަދި "ފެރީޓަރމިނަލް ކުއްޔަށްދިނުމުގެ ބިޑް ޑޮކުމެންޓް"ގައިވާ މަޢުލޫމާތާއި އެއްގޮތަށް، ކުއްޔަށް ނަންގަވައި ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް، ބީލަމަށް ހުޅުވާލަމެވެ.
  2. މިބީލަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/18) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (2014/19) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
  3. މި ބީލަމުގައި ބައިވެރިވެލެއްވުމަށް އެދޭ ފަރާތްތަކުން، ރަޖިސްޓްރީވުމަށް މިއިދާރާއިން ދޫކުރާ "ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 2025  ނޮވެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން، މިއިދާރާއަށް ފޯމް ހުށަހެޅުމުން ނުވަތަ [email protected] އަށް މެއިލް ކުރެއްވުމުން ރަޖިސްޓްރީކޮށް ދެވޭނެއެވެ. ރަޖިސްޓްރީވުމަށް އެދޭ ފޯމް ގެޒެޓް ކޮށްފައިވާ އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ވާނެއެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެއެވެ.
  4. މިބީލަމާއިގުޅިގެން މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ. ބީލަމަށް ރަޖިސްޓްރީކުރުމަށް ހުށަހެޅުމުން އެފަރާތަކަށް މަޢުލޫމާތުތައް މެއިލްކޮށްދެވޭނެއެވެ. އިތުރު މަޢުލުމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6540051 އަށް ގުޅުއްވުންއެދެމެވެ.
  5. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 24 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހަޅާއިއިރު، ބީލަން އޮންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން ނަންބަރާއި، ކޮން ކަމަކަށް ހުށަހަޅާ ބީލަމެއްކަން ލިޔެފައި އޮންނަންވާނެއެވެ. ބީލަން ހުށަހަޅާ ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިނަމަ ދެން ބީލަންތައް ބަލައިގަންނާނީ ޖެހިގެންއަންނަ ރަސްމީދުވަހު ހެނދުނު 11:00 ގައެވެ.
13 ނޮވެންބަރު 2025
ހޯދާ