ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ރަމަޟާން މަހަށް ސަރުކާރުން ދޭ ރޯދަހަދިޔާއާއި ގުޅިގެން ގޭބިސީތައް ރަޖިސްޓްރީ ކުރުމާއި ގުޅޭ!

ރައީސުލްޖުމްހުއްރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް ދިވެހި ކޮންމެ ގޭބީސީއަކަށް ރޯދަ ހަދިޔާ ދެއްވުމަށް ނިންމާފައިވާތީ، ގދ. ހޯނޑެއްދޫގެ ދިވެހި ގޭބީސީތަކުގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިދަނީ ކުރަމުންނެވެ. ވަކި ގޭބިސީއެއްގެ ގޮތުގައި ބެލެވޭނީ ވަކިން ކައްކައި ކައި ދިރިއުޅޭ ފަރާތްތަކެވެ. އެގޮތުން ގދ.ހޯނޑެދޫގައި ދިރިއުޅޭ ދިވެހި ގޭބީސީތަކުގެ މައުލޫމާތު ތިރީގައިވާ ލިންކް މެދުވެރިކޮށް 17 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހިއްސާކޮށްދެއްވުން އެދެމެވެ.

ލިންކް: https://forms.office.com/r/kW9uLZRXzz

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                    

13 ނޮވެންބަރު 2025
ހޯދާ