ދިވެހިރާއްޖެ
އިޢުލާން
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު:
އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސް ސެންޓަރ ޑެވެލޮޕްމަންޓް ޔުނިޓަށް ކޮންސަލްޓަންޓެއް ހޯދުމަށް:
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސިންގ ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި، އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސް ސެންޓަރ ޑެވެލޮޕްމަންޓް ޔުނިޓެއް ޤާއިމްކުރެވި މިނިސްޓްރީގައި މިކަންތައް ކުރިއަށްގެންދިއުމަށްޓަކައި އިސްލާމިކް ފައިނޭންސް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވެއެވެ.
އިސްލާމިކް ފައިނޭންސް ކޮންސަލްޓަންޓުގެ މަސްޢޫލިއްޔަތުތަކުގެ ތެރޭގައި:
- އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސް ސެންޓަރ ޑެވެލޮޕްމަންޓް ޔުނިޓުގެ މެނުއަލް ތައްޔާރުކުރުން.
- ރެގިއުލޭޓަރީ އިދާރާތަކުން އިސްލާމިކް ފައިނޭންސް ކުރިއެރުވުމަށް ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ އިތުރުން، އިސްލާމިކް ފައިނޭންސްގެ ބައިތައް (ތަކާފުލް، އިސްލާމިކް ބޭންކިންގ، އިސްލާމިކް ކެޕިޓަލް މާކެޓް) ފުޅާކުރުމަށްޓަކައި މި މިނިސްޓްރީގެ ދައުރާއި، ކުރެވިދާނެ ކަންތައްތައް ތަފްޞީލުކޮށް ބަޔާންކުރާ ރިޕޯޓެއް ތައްޔާރުކޮށް ހުށަހެޅުން.
- ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސް ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި އިންސެންޓިވްސް ދެވިދާނެ ދާއިރާތައް ކަނޑައަޅައި، އިންސެންޓިވްތައް ދިނުމުން ލިބޭނެ ފައިދާތައް ބަޔާންކޮށް، އެކަމާބެހޭ ކަރުދާހެއް ތައްޔާރުކުރުން.
- ދިވެހިރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމުގައި ދިމާވާ އަދި މުސްތަޤްބަލުގައި ދިމާވެދާނެ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ޙައްލުކުރާނެގޮތުގެ ރިޕޯޓެއް ތައްޔާރުކުރުން.
- ދިވެހިރާއްޖޭގެ ބަޖެޓް ސަޕޯޓް ފައިނޭންސިންގއަށް ބޭނުންވާ 5 އިސްލާމިކް ޕްރޮޑަކްޓެއްގެ ސްޓަރަކްޗަރ ތައްޔާރުކޮށް ހުށަހެޅުން.
- ދިވެހިރާއްޖޭގައި ޤާނޫނުތަކާ ޤަވާޢިދުތަކަށް ފެތޭގޮތަށް ދައުލަތަށް ފައިސާ ހޯދޭނެ އާ އިސްލާމިކް ފައިނޭންސް ޕްރޮޑަކްޓުތަކެއްގެ އޮނިގަނޑު ތައްޔާރުކުރުން.
- މިނިސްޓްރީގެ މުވައްޒަފުންނަށް އިސްލާމިކް ފައިނޭންސާބެހޭ މަޢުލޫމާތު އިތުރުކުރުމަށް ވަރކްޝޮޕް، އިންހައުސް ޓްރެއިނިންގސް ރޭވުން.
ކޮންސަލްޓަންޓުގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުޠުތަކުގެ ތެރޭގައި:
- މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގައި ފުލް-ޓައިމް މަސައްކަތް ކުރެވޭ ވަކި ފަރުދެއްކަމުގައިވުން.
- އިސްލާމިކް ފައިނޭންސާ ގުޅޭ ދާއިރާއިން މާސްޓަރސް ޑިގްރީ ނުވަތަ އިސްލާމިކް ފައިނޭންސާބެހޭ އެސައިމަންޓްސް، ޕްރޮޖެކްޓްސްގައި އުޅެ ތަޖުރިބާ ލިބިފައިވުން.
މި މަޤާމަށް ހޮވޭ ފަރާތުގެ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް މުސާރައިގެގޮތުގައި މަހަކު 25,000 (ފަންސަވީސް ހާސް) ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ.
މަތީގައިވާ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، 1 ޑިސެންބަރު 2015 އިން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތަށެވެ.
މަތީގައިވާ މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އަދި "ވަރކް ޕްލޭން ޝެޑިއުލް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ފަރާތުން ހުޅުވައިލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެގޮތުން؛ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު، މިފަދަ މާހައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢުކުރެވިފައިވާނެއެވެ. އަދި މި މަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ، ތިރީގައިވާ އެޑްރެހަށް ލިޔުމުން، އެ މަޢުލޫމާތު ލިބޭނެއެވެ.
މި މަސައްކަތަށް ފަރާތެއް ހޮވާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލުމަށްފަހުއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެންބަރު 17 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" އަދި "ވަރކް ޕްލޭން ޝެޑިއުލް" އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.
ޕަރމަނަންޓް ސެކްރެޓަރީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ.
ޓެލެފޯން: 3349339، 3349398
ފެކްސް: 3320706 ،3324432،
އީމެއިލް އެޑްރެސް: [email protected]
20 މުޙައްރަމް 1437
