ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމު ލައިސަންސް ޕްރެކްޓިކަލް އެގްޒަމިނަރުން ހޯދުން


މިއިދާރާއިން، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ އޭ-ޒޯން ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓް ކުރާނެ އެގްޒަމިނަރުން ބޭނުންވެއެވެ. އިމްތިހާނު އޮންނާނީ މި އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި ކަނޑައަޅާ ތަނެއްގައެވެ. މި މަސައްކަތަކީ އެހެންވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެކެވެ. މި ފުރުސަތު ދެޖިންސުގެ މީހުންނަށްވެސްވަނީ ހުޅުވާލެވިފައެވެ.

 

މަޤާމު:

އެގްޒަމިނަރ

ބޭނުންވާ އަދަދު:

02

މަޤާމުގެ ގިންތި:

ކޮންޓްރެކްޓް (2 އަހަރު)

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ

މުސާރަ:

  1. ޓެސްޓް ކުރާ ކޮންމެ އެއްގަމު ލައިސަންސް A0 ،A1 ކެޓަގަރީގެ އުޅަނދަކަށް -/15 ރުފިޔާ
  2. އެހެނިހެން ކެޓަގަރީގެ ޓެސްޓްކުރާ ކޮންމެ އެއްގަމު އުޅަނދަކަށް -/25 ރުފިޔާ

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ދުއްވުމުގެ އަމަލީ އިމްތިހާނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް ދިނުން.
  2. އިމްތިހާން ކުރިއަށްދާ ވަގުތު އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ކައުންސިލުގެ އިންވިޖިލޭޓަރގެ އިރުޝާދުގެ ދަށުން ކުރުން.
  3. އެއްގަމު އުޅަނދުގެ އަމަލީ އިމްތިހާން ދިނުމަށްފަހު އެޕްލިކޭޝަން ފޯމްތައް ފުރިހަމަކޮށް  ކައުންސިލުގެ އިންވިޖިލޭޓަރާއި ދުވަހުން ދުވަހަށް ހަވާލުކުރުން. 

 

މަޤާމުގެ ޝަރުޠުތައް:

  • A0،A1 ގިންތީގެ ލައިސަންސް އޮތުން.
  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 3 އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • ފާއިތުވި 5 އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވަޔަރލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން. އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހެއްކަމުގައި ނުވުން.
  • އުމުރުން 55 އަހަރު ނުވާ މީހެއްކަމުގައި ވުމާއި، ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  • މިއިދާރާގައި ވަޒީފާއަދާކުރާ މުވައްޒަފެއްކަމުގައި ނުވުން.
  • ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކުރާ މީހެއްކަމުގައި ނުވުމާއި، ވޭތުވެދިޔަ 1 އަހަރުދުވަހުގެ ތެރޭގައި ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކޮށްފައި ނުވުން

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ އެގްޒަމިނަރު ވަޒީފާއަށް އެދޭ ފޯމު (މި ފޯމު އިޢުލާނާއެކު އެޓޭޗުކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް ލިބެންހުންނާނެއެވެ.)
  2. އެއްގަމު ލައިސަންސް ކޮޕީ
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  5.  3މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯރޓް.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2025 ނޮވެންބަރ 20 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، ނެއްލައިދޫ ކައުންސިލް އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6520041) އަށެވެ. އީ-މެއިލް ކުރާނީ ([email protected]) އަށެވެ.

12 ނޮވެންބަރު 2025
ހޯދާ