ދިވެހިރާއްޖެ
އިޢުލާން
މުވައްޒަފުން ބޭނުންވެއްޖެ:
މި ކުންފުނީގެ ތިރީގައިމިވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.
މަޤާމް: މެކޭނިކް (މެރިން)
ބޭނުންވާ އަދަދު: 3 (ތިނެއް)
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް
އަސާސީ މުސާރަ: -/5،500 ރުފިޔާ
ސަރވިސް އެލަވަންސް: -/1،000 ރުފިޔާ
ޓެކްނިކަލް އެލަވަންސް: -/1،500 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40
އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: އާފްޓަރ ސޭލްސް ޔުނިޓް / އެމްޓީސީސީ ސޯމިލް ނުވަތަ ޑިޕާޓްމަންޓުން އަންގާތަނެއްގައި - ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް
މަޤާމުގެ ޝަރުޠު:
- ޖީ. ސީ. އީ. އޯލެވެލް 3 މާއްދާއިން ފާސްވެފައިވުމާއެކު، 2 އަހަރު ދުވަސްދުވަހުގެ މައްކަތު ތަޖުރިބާ
- ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓް އިން މެކޭނިކަލް އިންޖިނިއަރިންގ (މެރިން)
- މަދުވެގެން 2 އަހަރު ދުވަހުގެ މެރިން އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
- ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހައި މަސައްކަތްކުރުން.
- ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި، ދުވަހުން ދުވަހަށް މަސައްކަތް
މަޤާމް: ސައިޓް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް:އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް
އަސާސީ މުސާރަ: -/6،600 ރުފިޔާ
ސަރވިސް އެލަވަންސް: -/1،500 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ / ހުރުމާއި ކެއުން، ރިޓަޔަމަންޓް ޕެންޝަން ސްކީމް/މެޑިކަލް އިންޝުއަރެންސް
މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް / ތިލަފުށި
މަޤާމުގެ ޝަރުޠު:
- ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ ސުޕަވައިޒަރީ ލެވެލް ފަދަ ޒިންމާދާރު މަޤާމެއްގައި 02-04 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި، ޤާބިލްކަން ހުރުން.
- ލީޑަރޝިޕް ހުނަރާއި، މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓްކުރުމުގެ ހުނަރު ލިބިފައިވުން.
- އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.
- ސައިޓުގެ ކަންކަން މެނޭޖްކޮށް، ދިރާސާކޮށް، މައްސަލަތައް ބަލައި، ލަފާދެވޭ އަދި ކުރާ ކަންކަމުގެ ފެންވަރު ޤާއިމުކޮށް ދެމެހެއްޓުމުގެ ހުނަރާއި ޤާބިލްކަން ހުރުން.
- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
- ތިލަފުށީގައި ޤާއިމްވެހުރެގެން ވަޒީފާ އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދެވޭނެ.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
ތިލަފުށީ ސައިޓުގައި ކުރަމުންދާ މަސައްކަތް ކޯރޑިނޭޓްކޮށް، ހިނގަމުންދާގޮތް ބެލުމާއި، އެންމެހައި މަސައްކަތްކުރުމުގައި އިދާރީގޮތުންނާއި، ޢަމަލީގޮތުން ކުރަންޖެހޭ ކަންކަން ކުރުން.
މަޤާމް: އެސިސްޓަންޓް ސައިޓް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް:އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް
އަސާސީ މުސާރަ: -/5،500 ރުފިޔާ
ސަރވިސް އެލަވަންސް: -/1،000 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ / ހުރުމާއި ކެއުން، ރިޓަޔަމަންޓް ޕެންޝަން ސްކީމް/މެޑިކަލް އިންޝުއަރެންސް
މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް / ތިލަފުށި
މަޤާމުގެ ޝަރުޠު:
- ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ ޖީ. ސީ. އީ. އޯ ލެވެލް 3 މާއްދާއިން ފާސްވެފައިވުމާއެކު މިފަދަ ދާއިރާއަކުން 1-3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
- އޮފީސް މަސައްކަތްކުރުމުގެ ހުނަރު ހުރުމާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަން ހުރުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.
- ސައިޓުގެ ކަންކަން މެނޭޖްކޮށް ދިރާސާކޮށް މައްސަލަތައް ބަލައި، ވެރިންގެ ލަފާގެދަށުން ކުރާ ކަންކަމުގެ ފެންވަރު ޤާއިމުކޮށް ދެމެހެއްޓުމުގެ ހުނަރާއި ޤާބިލްކަން ހުރުން.
- މައިކްރޮސޮފްޓް އެކްސެލް (އެޑްވާންސް) އާއި، އޮފިސް ޕެކޭޖްތަކަށް ފަރިތަވުން.
- ތިލަފުށީގައި ޤާއިމްވެ ހުރެގެން ވަޒީފާ އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަންދެވޭނެ.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
ތިލަފުށީ ސައިޓުގައި ކުރަމުންދާ މަސައްކަތް، ވެރިންގެ ދަށުން ކޯރޑިނޭޓްކޮށް، ހިނގަމުންދާގޮތް ބެލުމާއި، އެންމެހައި މަސައްކަތްކުރުމުގައި އިދާރީގޮތުންނާއި، ޢަމަލީގޮތުން ކުރަންޖެހޭ ކަންކަންކުރުން.
މަޤާމް: ސީނިއަރ ޕްރޮޑަކްޓްސް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ޑިޕާޓްމަންޓް: ސޭލްސް އެންޑް މާކެޓިންގ ޑިޕާރޓްމަންޓް
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
އަސާސީ މުސާރަ: -/7،800 ރުފިޔާ
ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40
އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް
މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓް/ އެމް. ޓީ. ސީ. ސީ ސޯމިލް
މަޤާމުގެ ޝަރުޠު:
- މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ؛
- ޖީ. ސީ. އީ. އޭ ލެވްލާއެކު މިފަދަ ދާއިރާއަކުން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން. ނުވަތަ؛
- ޖީ. ސީ. އީ. އޯ ލެވެލާއެކު މިފަދަ ދާއިރާއަކުން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ހާސިލުކޮށްފައިވުން.
- ސޭލްސް ޓާގެޓްތަކަށް ވާސިލުވުމަށް ސުޕަވައިޒަރީ ލެވެލުން މަސައްކަތްތަށް ރާވައި ހިންގުން.
- ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ކަސްޓަމަރުންނަށް ފޯރޮކޮށްދިނުމުގެ ހުނަރު ލިބިފައިވުމާއި، ޓެކްނިކަލް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.
- ކަސްޓަމަރުންނަށް އިހުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.
- އިނގިރޭސިބަހާއި ދިވެހިބަހުގެ ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- މައިކްރޮސޮފްޓް އޮފިސް ޕެކޭޖްތަކަށް ފަރިތަވުމާއި، ކަސްޓަމް ސޮފްޓްވެއަރތައް ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.
- ޕްރޮމޯޝަނަލް ކަންކަމުގައި ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
ޑިޕާޓްމަންޓުގެ ސޭލްސް މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ، ސުޕަވައިޒްކޮށް، ކަސްޓަމަރުންނާއި ސަޕްލަޔަރުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދެވޭނެ ނިޒާމެއް އެކަށައެޅުމާއި، ޕްރޮޑަކްޓްތަކުގެ އިންވެންޓްރީ ބެލެހެއްޓުމާއި، ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ކުރުން.
މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް
އަސާސީ މުސާރަ: -/7،800 ރުފިޔާ
ސަރވިސް އެލަވަންސް:-/2،000 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އޯފް ރެސިޑެންޝަލް އެލަވަންސް: -/1،000 ރުފިޔާ
އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40
އެހެނިހެން އެލަވަންސް/ޢިނާޔަތް: އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް
މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް /ތިލަފުށި
މަޤާމުގެ ޝަރުޠު:
- ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ޑިގްރީ ހާސިލުކޮށްފައިވުމާއެކު، 2-1 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު، 3-4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ޖީ. ސީ. އީ. އޭ ލެވެލްއާއެކު، މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން 5-7 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މައިކްރޯސޮފްޓް އެކްސެލް (އެޑްވާންސް) އާއި، އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
- އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިއުމުގެ ޤާބިލުކަން ހުރުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
ޑިޕާޓްމަންޓްގެ އެންމެހައި އިދާރީ މަސައްކަތް ރާވައި، އެ މަސައްކަތް ކުރުމާއި، މިކަންކަމުގެ ލިއެކިއުން ބެލެހެއްޓުމާއި، ރިޕޯޓާއި މީޓިންގތަކުގެ މިނިޓްސް ތައްޔާރުކުރުން.
މަޤާމް: އެސިސްޓަންޓް ޕްރޮކިއޯމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ޑިޕާޓްމަންޓް: ޕްރޮކިއޯމަންޓް ޑިޕާޓްމަންޓް
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
އަސާސީ މުސާރަ ރޭންޖް: -/5،500 ރުފިޔާ
ސަރވިސް އެލަވަންސް: -/1،000 ރުފިޔާ
އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެމަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ޕްރޮކިއޯމަންޓް ޑިޕާޓްމަންޓް/ އެމް. ޓީ. ސީ. ސީ. ސޯމިލް
މަޤާމުގެ ޝަރުޠު:
- ޖީ. ސީ. އީ. އޯ ލެވެލްގެ 3 މާއްދާއިން ހިސާބާއެކު ފާސްވެފައިވުން.
- މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޕްރޮކިއޯމަންޓުގެ އެންމެހައި ކަންކަން ކުރުމާއި، ސްޓޭންޑިންގ އޯޑާރސްތައް ބަރާބަރަށް ބަލަހައްޓައި، ފައިލްކުރުން.
މަޤާމް: ޓެކްނިކަލް މެނޭޖަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާރޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް / އޮޓޯމޮބައިލް އިންޖިނިއަރިންގ ސެކްޝަން)
އަސާސީ މުސާރަ ރޭންޖް: -/9،600 ރުފިޔާ
ސަރވިސް އެލަވަންސް: -/2،500 ރުފިޔާ
ޓެކްނިކަލް އެލަވަންސް: -/3،000 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެޑިއުކޭޝަނަލް އެލަވަންސް: އަސާސީމުސާރައިގެ %40
އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަޤާމުގެ ޝަރުޠު:
- ޑިގްރީ އިން މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 2 އަހަރުދުވަހު ކޮންސްޓްރަކްޝަން ދާއިރާގެ އިންޖިނިއަރިންގ މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. ނުވަތަ؛
- ޑިޕްލޮމާ އިން މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 04-05 އަހަރު ދުވަހު ކޮންސްޓްރަކްޝަން ދާއިރާގެ އިންޖިނިއަރިންގ މަސައްކަތްކުރުމުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
ޕްރޮޖެކްޓް މެނޭޖްމަންޓް/ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯރޑިނޭޓް ކުރުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.
ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި، ދިރާސާކުރުމުގެ ހުނަރު ހުރުމާއި، މި މަޢުލޫމާތު ސައިޓް ސުޕަވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައިކުރުމުގެ ހުނަރު ލިބިފައިވުން.
ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
- އޮޓޮމޮބައިލް އިންޖިނިއަރިންގ ސެކްޝަނުގެ މަސައްކަތް ހިންގުމުގެ އެންމެހައި މަސައްކަތްކުރުން.
ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ހިންގުމުގެ މަސައްކަތަށް ބޭނުންވާ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތް މެނޭޖްކުރުމާއި ރޭވުން.
- ޝެޑިއުލް ކުރެވިފައިވާ ޑެޑްލައިންތަކަށް މަސައްކަތް ނިންމުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ބެލެހެއްޓުން.
މަޤާމް: މެކޭނިކަލް އިންޖިނިއަރ
ބޭނުންވާ އަދަދު: 2 (ދޭއް)
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް
އަސާސީ މުސާރަ ރޭންޖް: -/7،800 ރުފިޔާ
ސަރވިސް އެލަވަންސް: -/2،000 ރުފިޔާ
ޓެކްނިކަލް އެލަވަންސް: -/2،500 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެޑިއުކޭޝަނަލް އެލަވަންސް: އަސާސީ މުސާރައިގެ %40
އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަޤާމުގެ ޝަރުޠު:
- ޑިގްރީ އިން މެކޭނިކަލް އިންޖިނިއަރިންގ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ތަޢުލީމު ހާސިލުކޮށްފައިވުން.
-މި ދާއިރާއިން ތަޖުރިބާ ލިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
- މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓްކުރުމުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.
- ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި، ދިރާސާކުރުމުގެ ހުނަރާއި، މި މަޢުލޫމާތު ސައިޓް ސުޕަވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ޚަރަދު އެސްޓިމޭޓްކޮށް ކުއެންޓިފައިކުރުމުގެ ހުނަރު ލިބިފައިވުން.
- ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
ކޮންސްޓްރަކްޝަން ޕްރޮޖެކްޓް ހިންގުމުގެ މަސައްކަތަށް ބޭނުންވާ މެކޭނިކަލް އިންޖިނިއަރިންގ މަސައްކަތް ކޯރޑިނޭޓްކޮށް، މި ކަންކަމުގެ ލަފާދީ، މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ، މި މަސައްކަތްކުރުން.
މަޤާމް: އެސިސްޓަންޓް މެޓީރިއަލްސް މޭނޭޖްމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
އަސާސީ މުސާރަ ރޭންޖް: -/5،500 ރުފިޔާ
ސަރވިސް އެލަވަންސް:-/1،000 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އޯފް ރެސިޑެންޝަލް އެލަވަންސް: -/1،000 ރުފިޔާ
އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް /ތިލަފުށި
މަޤާމުގެ ޝަރުޠު:
- ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ އޯ ލެވެލް 3 މާއްދާއިން ފާސްވެފައިވުން.
- މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- އިގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- މައިކްރޮސޮފްޓް އެކްސެލް އާއި، އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
- އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:
ކުންފުނީގައި ކަނޑައެޅިފައިވާ ޢުސޫލާ އެއްގޮތަށް ޑިޕާޓްމަންޓުގެ ސަޕްލައިއަށް ބޭނުންވާތަކެތި ހޯދުމުގައި ކުރަންޖެހޭ އެންމެހައި ކަންތައް ކުރުމާއި، މިކަމާބޭހޭ އިދާރީ ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން.
މަޤާމް: އެސިސްޓަންޓް އޮޕަރޭޝަންސް އޮފިސަރ (އެލްއޯޑީ)
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާގެ ބާވަތް: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް
ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
އަސާސީ މުސާރަ: -/5،500 ރުފިޔާ
ސަރވިސް އެލަވަންސް: -/1،000 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް
މަޤާމުގެ ޝަރުޠު:
- ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ އޯ ލެވެލް
- މި މަސައްކަތްކުރުމުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
- އިނގިރޭސިބަހާއި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
- މައިކްރޮސޮފްޓް އެކްސެލް އާއި، އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
- އޮފީސް މަސައްކަތްކުރުމުގެ ހުނަރާއި، ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށްގެންދިޔުމުގެ ޤާބިލުކަން ހުރުމާއި، ޓީމެއްގައި މަސައްކަތްކުރުމުގެ ހުނަރު ލިބިފައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް : ޑިޕާޓްމަންޓުގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް އޮޕަރޭޝަންގެ އެންމެހައި ކަންކަމުގެ އިދާރީ މަސައްކަތްކޮށް ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން.
މަޤާމް: މެކޭނިކް (އޮޓޯމޮބައިލް)
ބޭނުންވާ އަދަދު: 3 (ތިނެއް)
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް
އަސާސީ މުސާރަ: -/5،500 ރުފިޔާ
ސަރވިސް އެލަވަންސް: -/1،000 ރުފިޔާ
ޓެކްނިކަލް އެލަވަންސް: -/1،500 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެޑިއުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40
އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް/ތިލަފުށީގެ އެކި މަސައްކަތު ސައިޓް
މަޤާމުގެ ޝަރުޠު:
- ޑިޕްލޮމާ/އެޑްވާންސްޑް ސެޓްފިކެޓް އިން މެކޭނިކަލް އިންޖިނިއަރިންގ (މެރިން)
- މަދުވެގެން 2 އަހަރު ދުވަހުގެ މެރިން އިންޖީން މަރާމާތުކުރުމުގެތަޖުރިބާ ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓަށް ބޭނުންވާ މެކޭނިކަލް މަރާމާތުގެ އެންމެހައި މަސައްކަތްކުރުން ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި، ދުވަހުން ދުވަހަށް މަސައްކަތް
މަޤާމް: އިލެކްޓްރިޝަން
ބޭނުންވާ އަދަދު: 1 (އެކެއް)
ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް
ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ، މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
އަސާސީ މުސާރަ ރޭންޖް: -/5،500 ރުފިޔާ
ސަރވިސް އެލަވަންސް: -/1،000 ރުފިޔާ
ޓެކްނިކަލް އެލަވަންސް: -/1،500 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އޯފް ރެސިޑެންޝަލް އެލަވަންސް: -/1،000 ރުފިޔާ
އެހެނިހެން އެލަވަންސް/ޢިނާޔަތް: ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ / އެޑިއުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމާއި، ހަމަޖެހިފައިވާ އުޞޫލުގެމަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ތިލަފުށި ޑޮކް ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް
މަޤާމުގެ ޝަރުޠު:
- ވޮކޭޝަނަލް ކޯސް ހަދާފައިވުން ނުވަތަ މި މަސައްކަތުގައި 2-3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ރަނގަޅު ފެންވަރެއްގައި ކުންފުންޏަށް ބޭނުންވާ އިލެކްޓްރިކަލް މަސައްކަތް ކުރުމާއި، ދެވިފައިވާ ގަޑިއަށް މަސައްކަތްތަށް ނިންމުން.
މަޤާމް: ކައްކާ
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާގެ ބާވަތް:ކޮންޓްރެކްޓް – 1 އަހަރު ދުވަސް (ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމަށް ހަމަޖެހިފައިވަނީ،މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)
ޑިޕާޓްމަންޓް: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް
މުސާރަ: -/5،500 ރުފިޔާ
ސަރވިސް އެލަވަންސް: -/1،000 ރުފިޔާ
ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20
އެހެނިހެން އެލަވަންސް/ޢިނާޔަތް:ހަމަޖެހިފައިވާ އުޞޫލުގެމަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމާއި، ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.
މަސައްކަތް ކުރަންޖެހޭ ތަން: ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް/ޑޮމެސްޓިކް ކާގޯ އޮޕަރޭޝަން ޔުނިޓް ޓަގު
މަޤާމުގެ ޝަރުޠު:
- ޓަގުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ ކެއުންބުއިން ޝެޑިއުލާ އެއްގޮތަށް ބެލެހެއްޓުމާއި، ބޭނުންކުރާ ތަކެއްޗާއި ތަން ސާފުތާހިރުކޮށް ބެލެހެއްޓުން.
- މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު، ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކުކަމުގައިވުން.
ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓުގެ މެއިންޓެނަންސް މަސައްކަތަށް ބޭނުންވާ އެންމެހައި މަސައްކަތްކުރުން.
ސުންގަޑި:
ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ނޮވެމްބަރު 9 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އެމް. ޓީ. ސީ. ސީ. ގެ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމް" ފުރިހަމަކުރުމަށްފަހު، ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް، ފޯމާއެކު ހުށަހެޅުން އެދެމެވެ. މި ތަކެތި ފެކުހާއި އީމެއިލުންވެސް ގަބޫލުކުރެވޭނެއެވެ. މި ފޯމު، މި ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.
ފެކްސް ނަންބަރު: 3221 332
އީމެއިލް:[email protected]
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓުފިކެޓުތަކާއި، މަސައްކަތު ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
- އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.
16 ޛުލްޙިއްޖާ 1437
