މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތަކާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކުގެ މައުލޫމާތު މިއިދާރާއާއި ހިއްސާކޮށްދެއްވާ.

މިރަށުގައި ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތް ލިބުމުގައި ރައްޔިތުންގެ މެދުގައި ތަފާތުކުރާކަމަށާއި އަދި ގާނޫނަކުން ކަށަވަރުވެފައިވާ މި އަސާސީ ޚިދުމަތްތައް ލިބުމުގެ ރައްޔިތުންގެ މެދުގައި ތަފާތު ކުރާކަމަށާއި، ބައެއް ފަރާތްތަކަށް ޚިދުމަތަށް އެދޭތާ އެއްދުވަހުގެ ތެރޭގައި ހިދުމަތް ލިބޭއިރު، އަނެއްބައި ރައްޔިތުންނަށް ހަފްތާއެއް ނުވަތަ މަސްދުވަސްއަށް ވުރެ ގިނަ ދުވަސް ވަންދެން މަޑުކުރަން ޖެހޭކަމުގެ ޝަކުވާއާއި ލިބެމުން ދިޔުމާއި ގުޅިގެން އެކަންކަން ބައްލަވައިދެއްވާ، ފިޔަވަޅުއަޅުއްވައި ދެއްވުން އެދި ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް މި އިދާރާގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގައި މިރަށުގައި އެ ޚިދުމަތް ފޯރުކޮށްދޭ ފަރާތް ކަމުގައިވާ ފެނަކަ ކޯޕަރޭޝަން ޖަވާބުދާރީ ކުރުވުމުގެ ގޮތުން ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތަށް އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ބޭނުންވެއެވެ.

ވީމާ، ކަރަންޓާއި ފެނާއި ނަރުދަމާގެ ޚިދުމަތާއި ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތަކާއި ޝަކުވާތަކާއި، ގަވާއިދު ނަންބަރު R-90/2022 ގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހިދުމަތަށް އެދޭތާ 2 ހަފުތާގެ ތެރޭގައި ޚިދުމަތް ލިބިފައި ނުވާ އެންމެހާ ފަރާތްތަކުނައި މިވަގުތު ޚިދުމަތަށް އެދި 2 ހަފުތާއަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުން 2025 ނޮވެންބަރު 19 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރީން ތިރީގައިވާ ފޯމް ފުރިހަމަކުރައްވައި އެ މައުލޫމާތު މި އިދާރާއާއި ހިއްސާކޮށްދެއްވުން އެދި ދެންނެވީމެވެ.

ފޯމް:  https://shorturl.at/oQieb

12 ނޮވެންބަރު 2025
ހޯދާ