ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މިއޮފީހުން ދޭ މައުލޫމާތާއި އެއްގޮތަށް ވެބްކެމް އަދި ހެޑްސެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިއޮފީހުން ދޭ މައުލޫމާތާއި އެއްގޮތަށް ވެބްކެމް އަދި ހެޑްސެޓް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • ބީލަމުގައި ރެޖިސްޓަރީވުން:  2025 ނޮވެންބަރު 19، ބުދަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް

ލިންކް: https://forms.office.com/r/gWKHE5P1BP

  • ބީލަން ހުށަހެޅުމާއި ހުޅުވުން: 20 ނޮވެންބަރު 2025 10:00 އަށް

 

ވީމާ، މި މަސައްކަތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް ބީލަމުގައި ރެޖިސްޓްރީ ކުރެއްވުމަށްފަހު، 20 ނޮވެންބަރު 2025، 10:00 އަށް މިއޮފީހަށް (ވެލާނާގެ، 12 ވަނަ ފަންގިފިލާ) ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

އަދި ދަންނަވަމެވެ. ބީލަމުގައި ރެޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ. ބީލަމާގުޅޭ މަޢުލޫމާތު ކަރުދާހާއި ކުރެހުންތައް މިއިޢުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެވެ.

 

 

21 ޖުމާދުލްއޫލާ 1447

12 ނޮވެންބަރު 2025
ހޯދާ