ދިވެހިރާއްޖެ
މިރަށުގެ ދަނޑުވެރި ކަމަށް ހާއްސަ ކޮށްފައިވާ ސަރަހައްދުގެ މަގުތައް ހަދައި ، ކަރަންޓްލައި އެސަރަހައްދުން ދޫކުރެވޭނެ ދަނޑުތަކުގެ ޗާޓެއް ކުރަހައި އިން ވަކިކުރުމަށް ކައުންސިލް އިން ވަނީ ނިންމާފައެވެ. އަދި މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިހާރު ދޫކޮށްފައިވާ ދަނޑުތައް ހައްދާ ފަރާތްތަކަށާއި ، މީހުން ދިރިއުޅޭ ގޭތަކުގެ ތެރެއިން ދަނޑު ނުނަގާ ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި ވަގުތީ ގޮތުން ދަނޑު ބިންތަކަށް މުއްދަތެއް ދިނުމަށް ފަހުގައެވެ.
ވީމާ ، މިހާރު މީހުން ދިރިއުޅޭ ގޭތަކުގެ ތެރެއިން ދަނޑުބިން ނަގާފައިވާ ފަރާތްތަކުން މިހާރުވެސް ހައްދަމުން ގެންދާ ދަނޑުބިން ބޭނުންނަމަ އެކަމަށް އެދި ހުށަހެޅުމަށާއި ، އަދި މީހުން ދިރިއުޅޭ ގޭތަކުގެ ތެރެއިން ދަނޑުބިން ނުނަގާ ފަރާތްތަކަށް ގޭބިސީ ދަނޑަށް އެދި ހުށަހެޅުމުގެ ފުރުސަތު 20 ނޮވެމްބަރ 2025 ގެ 14:00ގެ ނިޔަލަށް ހުޅުވާލަމެވެ. މިކަމަށް އެދި ހުށަހަޅާ ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ދަންނަވަމެވެ. މިހާރު ދޫކޮށްފައިވާ ދަނޑުތަކާއި ، މި އިއުލާނުގެ ދަށުން އަލަށް ދޫކުރެވޭ ދަނޑުތަކުގެ މުއްދަތަކީ 2026 އެޕްރީލް 30ހެވެ. އަދި އޭގެ ފަހުން ކައުންސިލުން ދަނޑު ދޫކުރުމަށް ނިންމާފައިވަނީ ދަނޑު ސަރަހައްދު އަލުން ކުރަހައި ދަނޑުވެރިންނަށް ފަސޭހަވާނެހެން މަގުތައްހަދައި އަލުން އެކަމަށް އެދި ހުށަހަޅައިގެންނެވެ. އަދި މަގުތައް ހެދުމުގައި ދަނޑުތަކުގެ މިނަށާއި ސަރަހައްދަށް ކުދިކުދި ބަދަލު އައިކަމުގައި ވިއަސް މިހާރުވެސް ގޭތަކަށް ދޫކޮށްފައިވާ ދަނޑުތައް ވެރިފަރާތުން ބޭނުންނަމަ އެ ފަރާތްތަކަށް އެ ސަރަހައްދު ދަނޑު ދޫކުރުމަށް އިސްކަން ދެވޭނެއެވެ. މި އިއުލާނާއެކު މިހާރު ދަނޑު ދޫކޮށްފައިވާ ގޭތަކުގެ ލިސްޓެއް އެއްހީރާސް ކުރެވިފައިވާނެއެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
