މާޅޮސްމަޑުލު އުތުރުބުރީ އަލިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ އެކުލަވައިލުމާ ގުޅޭ

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްއިން ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލް އިދާރާގެ މަޝްރޫޢުގެ ދަށުން، މިރަށުގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ރަށު ކައުންސިލްގެ އިދާރާގެ މަސައްކަތް ރަށު ފެންވަރުގައި މޮނިޓަރކުރުމުގެ މަޤްސަދުގައި، ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން "ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ" އެއް އެކުލަވާލަންބޭނުންވެއެވެ. ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލުގެ 5 ވަނަ ނުކުތާގައި ރަށު މޮނިޓަރިންގ ކޮމިޓީ އެކުލެވިގެންވާގޮތުގެ މަތިން، ތިރީގައިވާ ބައިތަކުގެ ތެރެއިން ކޮމިޓީގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2025 ނޮވެންބަރު 20 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ނަން ހުށަހެޅުއްވުން އެދެމެވެ.

1-      ރަށުގެ ޢާންމުންގެ ތެރެއިން ކަނޑައަޅާ މެންބަރު

2-      ކްލަބް ނުވަތަ ޖަމިއްޔާތަކުން ކަނޑައަޅާ މެންބަރު

3-      އިސްރައްވެހީންގެ ތެރެއިން ކަނޑައަޅާ މެންބަރު

4-      ޒުވާނުންގެ ތެރެއިން ކަނޑައަޅާ މެންބަރު

5-      މަޝްރޫޢުގެ ފަންނީ ކަންކަމަށް ޚާއްސަކޮށް ކަނޑައަޅާ މެންބަރު

ލިންކް:   https://forms.gle/iJzczC6XSdy5MHrg8
ރަށު ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީ ހިންގާ އުޞޫލު މިއިއުލާނާއި އެއްކަރުދާސްކުރެވިފައި ވާނެއެވެ.

            21 ޖުމާދަލްއޫލާ 1447

12 ނޮވެންބަރު 2025
ހޯދާ