ދިވެހިރާއްޖެ
އިޢުލާން
ޕްރީސްކޫލް ޓީޗަރުން ހޯދުމަށް:
މަޤާމް: ޕްރީސްކޫލް ޓީޗަރ
ބޭނުންވާ އަދަދު: 8
ވަޒީފާއޮތް އޮފީސް: ހާފިޒު އަހުމަދު ސްކޫލް
ގިންތި: ކޮންޓްރެކްޓް (1 އަހަރު)
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : ހާފިޒު އަހުމަދު ސްކޫލް/ އެކަޑަމިކް ސެޝަން
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- އެލް. ކޭ. ޖީ ، ޔޫ. ކޭ. ޖީ ކްލާސްތަކުގެ ދަރިވަރުންނަށް ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކިޔަވައިދިނުމާ ގުޅޭ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
ޝަރުޠު:
މަޤާމު |
ރޭންކް |
ކްލެސިފިކޭޝަން |
ޝަރުޠު |
މުސާރަ |
ސަރވިސް އެލަވަންސް |
ޕްރީ ސްކޫލް އެސިސްޓަންޓް ޓީޗަރ |
GS1 |
ޕްރީ ސްކޫލް ޓީޗަރ 1 |
މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިހާނުގައި 'ދިވެހި' މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން |
3565/- |
1500/- |
ޕްރީ ސްކޫލް ޓީޗަރ |
GS2 |
ޕްރީ ސްކޫލް ޓީޗަރ 2 |
ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ސެޓުފިކެޓު 2 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން |
4000/- |
1500/- |
ޕްރީ ސްކޫލް ޓީޗަރ |
GS3 |
ޕްރީ ސްކޫލް ޓީޗަރ 3 |
ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑެވެލޮޕްމަންޓް އިން ސެޓުފިކެޓު 3 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން |
4465/- |
1500/- |
ޕްރީ ސްކޫލް ޓީޗަރ |
GS4 |
ޕްރީ ސްކޫލް ޓީޗަރ 4 |
ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން، ނުވަތަ އާރލީ ޗައިލްޑްހުޑް ޑިވެލޮޕްމަންޓް އިން ސެޓުފިކެޓު 4 ލެވެލްގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ ކިޔަވައިދިނުމުގެ ރޮނގުން ސެޓުފިކެޓު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުން |
5020/- |
2500/- |
ޕްރީ ސްކޫލް ޓީޗަރ |
MS1 |
ޕްރީ ސްކޫލް ޓީޗަރ 5 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީވިންގ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން |
5610/- |
2500/- |
ޕްރީ ސްކޫލް ޓީޗަރ |
MS2 |
ޕްރީ ސްކޫލް ޓީޗަރ 6 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން |
6295/- |
2500/- |
ޕްރީ ސްކޫލް ޓީޗަރ |
MS3 |
ޕްރީ ސްކޫލް ޓީޗަރ 7 |
ޕްރީ ސްކޫލް ޓީޗިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީއެއް އޮތުމާއެކު ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓިފިކެޓެއް ނުވަތަ ޑިޕްލޮމާ ހާސިލުކޮށްފައިވުން، ނުވަތަ ޕްރީ ސްކޫލް ޓީޗަރ 6ގެ މަޤާމުގެ ޝަރުޠު ހަމަވެ އެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
7035/- |
2500/- |
ޕްރީ ސްކޫލް ޓީޗަރ |
MS4 |
ޕްރީ ސްކޫލް ޓީޗަރ 8 |
ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ޕްރީ ސްކޫލް ޓީޗިންގ ދާއިރާއިން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން، ނުވަތަ ޕްރީ ސްކޫލް ޓީޗަރ 7 ގެ މަޤާމުގެ ޝަރުޠު ހަމަވެއެ މަޤާމުގައި މަދުވެގެން 3 އަހަރު އުޅެ ތަޖުރިބާ ލިބިފައިވުން |
7875/- |
2500/- |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް
- ފާއިތުވި އަހަރު ތަކުގައި ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި އުޅުއްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
- ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު
- މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް
އިންޓަރވިއު ކުރުން
ހ. (ވަޒީފާއަށް/ މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު ބޭއްވުމަށް ކަނޑައަޅާފައިވަނީ 12 ނޮވެންބަރު 2015 ން 19 ނޮވެންބަރު 2015 އާއި ދެމެދު ދުވަހެއްގައި ހާފިޒު އަހުމަދު ސްކޫލްގައި
ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި ސްކޫލްގެ އޮފީހުން ލިބިވަޑައިގަންނަވާނެއެވެ.
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު އަދި މުއްދަތު ހަމަނުވާ ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ހާފިޒު އަހުމަދު ސްކޫލް އޮފީހަށް
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 9 ނޮވެންބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން
ނޯޓް:
މި ޢިއުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހާފިޒު އަހުމަދު ސްކޫލުގެ ނަންބަރު 6861989 ފޯނަށް ގުޅުއްވުން އެދެމެވެ.