މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
45 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ފަރުމަސްވެރިކަމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މި މިނިސްޓްރީ އިން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ފަރުމަސްވެރިކަމުގެ މުބާރާތެއް 12 ޑިސެމްބަރު 2025 ވާ ހުކުރު ދުވަހު ރ. ދުވާފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.  މި މުބާރާތަކީ މާޅޮސްމަޑުލު އުތުރުބުރީ (ރ. އަތޮޅު) ގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. ފަރުމަސްވެރިކަމުގެ މުބާރާތާގުޅޭ އާއްމު ގަވާއިދު މި އިޢުލާނާ އެއްކަރުދާސް ކޮށްފައި ވާނެއެވެ. 

ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތައް ކަމާގުޅޭ ފޯމް (https://tinyurl.com/4xe7p9jv)  ފުރިހަމަ ކުރެއްވުމަށް ފަހު 20 ނޮވެމްބަރު 2025 ގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3339225 / 3339272  އާ ގުޅުއްވުން އެދެމެވެ.

11 ނޮވެންބަރު 2025
ހޯދާ