އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑެސްކްޓޮޕް ކޮމްޕިއުޓަރ އަދި މޮނީޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ނަންބަރ: ASND/GA/IUL/2025/35


މި ކުންފުނީގެ ބޭނުމަށް ޑެސްކްޓޮޕް ކޮމްޕިއުޓަރ އަދި މޮނީޓަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް 28 އޮކްޓޯބަރ 2025 ގައި ކުރެވުނު އިޢުލާން ނަމްބަރު  ASND/GA/IUL/2025/33 އަށް ރެޖިސްޓަރ ކުރުމަށް ދެވިފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތަކަށް ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

މި  މަސައްކަތަށް ރަޖިސްޓަރވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމެންޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. ބިޑް ޑޮކިއުމެންޓުގެ އަގަކީ 500ރ، (ފައްސަތޭކަ ރުފިޔާ) އެވެ. މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 18 ނޮވެމްބަރ 2025 ގެ 16:00 ގެ ކުރިން ރެޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރެއްވުމަށް،[email protected]  އަށް ކުންފުނީގެ ނަމާއި، ގުޅޭނެ ފަރާތެއްގެ ފުރިހަމަ ނަމާއި ފޯނު ނަމްބަރު، އައިޑީ ކާޑު ނަމްބަރު އަދި އީމެއިލް އެޑްރެސް ޖެއްސެވުމަށްފަހު މެއިލް ކުރެއްވުމުން، ފައިސާ ޖަމާކުރަންވީ ގޮތުގެ ތަފްސީލު މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެެވެ. ރަޖިސްޓްރީ ކުރުމަށް ފޮނުވާ އީމެއިލްގައި މި އިޢުލާން ނަމްބަރު ޖެއްސެވުން އެދެމެވެ.

ފައިސާ ޖަމާކުރަންވީ ގޮތުގެ ތަފްސީލު ލިބުުމުން، 20 ނޮވެމްބަރ 2025 ގެ 12:00 ގެ ކުރިން، ފައިސާ ޖަމާކޮށް، ކުންފުނިން އިރުޝާދު ދޭގޮތަކަށް އެކަން އަންގަންވާނެއެވެ. ބިޑު ޑޮކިއުމެންޓް ބައްލަވައިގަންނަވާ ފަރާތްތަަކަށް، ބިިޑު ޑޮކިއުމެންޓް އީމެއިލް ކުރެވޭނެއެވެ.

އިޢުލާން ނަންބަރު ASND/GA/IUL/2025/33 އާ ގުޅިގެން ބިޑް ޑޮކިއުމެންޓް ގަނެފައިވާ ފަރާތްތަކުން އަލުން ބިޑް ޑޮކިއުމެންޓް ގަންނާކަށް ނުޖެހޭނެއެވެ. ނަމަވެސް އެފަރާތްތަކުންވެސް މިބީލަމަށް ކުރިމަތިލާނަމަ 18 ނޮވެމްބަރ 2025 ގެ 16:00 ގެ ކުރިން މަތީގައި ދެންނެވިފައިވާ ގޮތަށް ރެޖިސްޓަރ ކުރަންވާނެއެވެ.

ބިޑު ހުށަހަޅާ ފަރާތްތަކުން މި މަސައްކަތުގެ ބިޑް ސެކިއުރިޓީ ގޮތުގައި -/12،700ރ، (ބާރަ ހާސް ހަތްސަތޭކަ ރުފިޔާ) މި ކުންފުންޏަށް ދައްކަންވާނެއެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައެޅޭ މިންވަރު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް ގެރެންޓީ ގޮތުގައިވެސް ހުށަހެޅިދާނެއެވެ.

27 ނޮވެމްބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ވެބް މީޓިންގ އެއް މެދުވެރިކޮށް އަންދާޒީ ހިސާބު ހުށަހެޅުން އޮންނާނެއެވެ. ވެބް މީޓިންގގެ ލިންކް، ރެޖިސްޓްރީކުރައްވާފައިވާ ފަރާތްތަކަށް މެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.  އަންދާސީ ހިސާބު ފޮނުވާނީ މެއިލްގެ ޒަރިއްޔާއިން މި ދެންނެވި މީޓިންގގައެވެ.

ކަނޑައެޅިފައިވާ ސުންގަޑިއަށް ރެޖިސްޓްރީ ކޮށްފައިނުވާ އަދި ބިޑް ޑޮކިއުމެންޓް ގަނެފައިނުވާ ފަރާތްތަކާއި، ވެބް މީޓިންގައި ބައިވެރިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެވެ.

 

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން:  3011483       

10 ނޮވެންބަރު 2025
ހޯދާ