ދިވެހިރާއްޖެ
ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި ބައިވެރިވާ އދ.މަންދޫފުޓްސަލް ޓީމަށް ކުޅުންތެރިންނާއި، އޮފިޝަލުން ނަގައި އެ ޓީމް މުބާރާތަށް ތައްޔާރުކުރުމާއި، މުބާރާތުގެ މެޗުތަކުގައި ވާދަކުރުމުގެ އެންމެހައި އިންތިޒާމް ހަމަޖައްސައި، ޓީމްގެ ކަންތައްތައް މެނޭޖްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ އދ.މަންދޫގައި ރަޖިސްޓްރީ ކޮށްފައިވާ ކްލަބް ޖަމުއިއްޔާތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ އދ.މަންދޫގެ ކްލަބް ޖަމިއްޔާތަކަށް މި އިއުލާނާއި އެކުގައިވާ މައުލޫމާތު ކަރުދާހާއި އެއްގޮތްވާގޮތުގެ މަތިން ޓީމްގެ ކަންތައްތައް ރާވައި ހިންގާނެ ގޮތުގެ ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ޕްރޮޕޯސަލް ހުށައަޅަންވާނީ އިއުލާނާއިއެކު އާންމުކޮށްފައިވާ މައުލޫމާތު ޝީޓް (ޖަދުވަލް 1) ގައިވާ ގޮތުގެ މަތިންނެވެ.
ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުސަތު 27 ނޮވެމްބަރ 2025 ވަނަ ދުވަހުގެ 13:00 އާއި ހަމައަށް ހުޅުވާލެވިފައިކަމުގައި ދަންނަވަމެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
