ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕަވަރގޭޓް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުޅުވާލުން

މި ކައުންސިލަށް ޕަވަރގޭޓް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަނިވި ކަންކަމަށް ސަމާލުކަން ދެއްވުން އެދެމެވެ.

- މި ޕްރޮޖެކްޓްގައި ރަޖިސްޓްރީ ވުމަށް 2025 ނޮވެމްބަރ 16 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް މިކައުންސިލްގެ އިދާރާއަށް ހުށައެޅުން އެދެމެވެ. ބިޑް ރަޖިސްޓްރީ ފޯމު އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

- މި ޕްރޮޖެކްޓައް ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.

- މިބީލަމާއި ގުޅޭ ބިޑް ފޮތް މި އިޢުލާނާއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

- މި ބީލަމާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއްވާނަމަ 2025 ނޮވެމްބަރ 18 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ އީ-މެއިލް  އެޑްރެހަށް ލިޔުމުން ފޮނުވުންއެދެމެވެ.

- މި ބީލަމުގެ ޕްރީ ބިޑް މީޓިން ބޭއްވުމަށް ހަމަޖެހިފައި ނުވެއެވެ.

- ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2025 ނޮވެމްބަރ 20 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ފިރުޝާން ތަޢުފީޤް ( 6840082 / 7570886) އާއި ގުޅުއްވުން އެދެމެވެ.     

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ނޮވެންބަރު 2025
ހޯދާ