ދިވެހިރާއްޖެ
ނަމްބަރ: (IUL)295-PL/295/2025/81
އިޢުލާން
ނ. ހޮޅުދޫގެ ލޭންޑް ޔޫސް ޕްލޭންގައި ކްލަބް ޖަމުޢިއްޔާތަކަށް އޮފީސް ހިންގުމަށް ބިން ކަނޑައަޅާފައިވާ ސަރަހައްދުން ބިން ދޫކުރުމަށް ހުޅުވާލަމެވެ.
ވީމާ، މިފަދަ ބިން ހޯދުމަށް ޝައުޤުވެރިވެލައްވާ ކުލަބު ޖަމްޢިއްޔާތަކުން، "ނ. ހޮޅުދޫއިން ކުލަބު ޖަމްޢިއްޔާތަކުގެ އިދާރީ އޮފީސް އެޅުމަށް ދޫކުރާ ބިން ހޯދުމަށް އެދި ހުށަހަޅާ ފޯމް" މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއި އެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އެކު 30 ނޮވެމްބަރ 2025 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން ނ. ހޮޅުދޫ ކައުންސިލް އިދާރާއަށް ނުވަތަ މިއިދާރާގެ މެއިލް [email protected] އަށް އީމެއިލްކުރެއްވުން އެދެމެވެ. ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. "ނ. ހޮޅުދޫއިން ކުލަބު ޖަމިއްޔާތަކުގެ އިދާރީ އޮފީސް އެޅުމަށް ބިން ދޫކުރުމާ ގުޅޭ އުޞޫލު" އަދި އެޕްލިކޭޝަން ފޯމް މިއިދާރާގެ ރިސިޕްޝަނުން އަދި ދިވެހިސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަމްބަރ 6560009 އަށް ގުޅުއްވުން އެދެމެވެ.
